ޕީޕީއެމް އަށް އެގާރަ ހާހަށްވުރެ ގިނަ މީހުންގެ ސޮއި އެއްދުވަހުން ހޯދައިފި

ޕީޕީއެމް އަށް މެމްބަރުން އިތުރުކުރުމުގެ ގޮތުން މެޑަމް ފާތިމަތު އިބްރާހިމް ކުރިއަށްގެންދަވާ ޙަރަކާތުގެ ދަށުން ވެރިކަންކުރާ މާލެސިޓީއިން އެއްދުވަހުން އެގާރަ ހާސް މީހުން ސޮއި ހޯދައިފިއެވެ.

 

މާލެ ސިޓީގައި ކުރިއަށްގެންދިޔަ ޙަރަކާތް އެހާ ފުރިހަމަ އަދި ކާމިޔާބު ޙަރަކާތަކަށް ވެގެންދިޔައީ މެޑަމް ފާތުން އެ ޙަރަކާތް ރާއްވަވާ ކުރިއަށް ގެންދިއުމަށް ޕްލޭންކޮށްފައިވާ ގޮތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާޙު ވިދާޅުވިއެވެ. “މިޙަރަކާތް ކުރިއަށް ގެންދިޔައީ ދައުލަތުގެ ވަޒީރުންނާއި މަޖިލިސް މެންބަރުންނާއި ކުންފުނިތަކުގެ އެމްޑީން ދެ ގްރޫޕަކަށް ބަހާލައިގެން ވަރަށް ވާދަވެރި މާޙައުލެއްގައި. މެޑަމް ފާތުން މިޙަރަކާތް ރާއްވަވާ އިންތިޒާމް ކުރައްވާފައި އޮތް ގޮތުން މިޙަރަކާތް މިހާ ކާމިޔާބުވެގެން މިދިޔައީ” މެމްބަރު ފަލާޙް ވިދާޅުވިއެވެ.

 

ޕީޕީއެމްއަށް މެމްބަރުން އިތުރު ކުރުމަށްޓަކައި ކުރިއަށް މިގެންދާ ޙަރަކާތުގައި މާލެސިޓީގެ އިތުރުން މުޅި ރާއްޖޭގެ އެހެނިހެން ސަރަޙައްދުތަކުގައިވެސް ފޯރިއާއެކު މިފަދަ އެތައް ކަންކަމެއް ކުރެވެމުން ދެއެވެ.