ޕީ.ޕީ.އެމްގެ ޓީމެއް ފ. އަތޮޅުގެ ހުރިހާ ރަށަކަށް ޒިޔާރަތް ކުރައްވައިފި

 

މި ހިނގާ މާރޗް މަހުގެ 10 އަދި 11 ވަނަދުވަހު ޕީޕީއެމްގެ ޓީމެއް ފ. އަތޮޅުގެ ހުރިހާ ރަށަކަށް ޒިޔާރަތް ކުރައްވައިފިއެވެ. މި ޒިޔާރަތުގައި އެ އަތޮޅުގެ ހުރިހާ ރަށެއްގެވެސް ޕީޕީއެމް މެންބަރުންނާއި ބައްދަލު ކުރައްވާފައިވެއެވެ. ފ. އަތޮޅަކީ ރައީސް ޔާމީނުގެ ސަރުކާރުގައި ތަރައްގީގެ ބިޔަމަޝްރޫޢުތައް ލިބޭ ނަސީބުވެރި އަތޮޅެއްކަމާއި، މި އަތޮޅުގެ ތަރައްޤީއަށް ސަރުކާރުން ކޮށްދެއްވާނެ މުހިންމު ބައެއް ކަންކަން އެ ޓީމުން ހާމަކުރައްވާފައި ވެއެވެ.

 

10 ވަނަދުވަހު ނިލަންދޫގައި ފ. އަތޮޅުގެ ރަށްރަށުން، މި ޕާޓީގެ ފަރާތުން ބައިވެރިވާ ކެންޑިޑޭޓުންނަށް ލޯކަލް ކައުންސިލް އިންތިޚާބުގެ ޓިކެޓް ހަވާލުކުރުމުގެ ޖަލްސާއެއް ބާއްވާފައި ވެއެވެ. މިޖަލްސާގައި ޓީމުގެ އެންމެހާ ބޭފުޅުންގެ ފަރާތުންވެސް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމުގެ މުހިންމު ކަމުގެ މަށްޗަށް އަލިއަޅުއްވާ ވާހަކަފުޅު ދައްކަވާފައިވެއެވެ. އަދި ސަރުކާރުން ފައްޓަވާފައިފާ މަޝްރޫޢުތައް ފުރިހަމަކަމާއެކު ނިންމެވޭނީ ސަރުކާރާ ގުޅުންހުރި ކައުންސިލަރުންތަކެއް ހޮވިގެން ކަމަށް ފާހަގަކުރައްވާފައިވެއެވެ.

 

ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކޮށް ރައްކާތެރި ކުރުމަށްޓަކައި ރައީސް ޔާމީންގެ ސަރުކާރުން ކުރައްވާ މަސައްކަތްތައް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި މެޑަމް ފާތުންގެ ފަރާތުން ކުރައްވާ ގިނަގުނަ މަސައްކަތްޕުޅުގެ ސަބަބުން މި ސަރުކާރަށް ރައްޔިތުން ކުރަމުންގެންދާ ތާއީދުވެސް ވަރަށް ބޮޑަށް އިތުރުވަމުންދާކަން މިދަތުރުން ފާހަގަ ކުރެވިގެން ދިޔައެވެ.

 

ފ. އަތޮޅަށް ޒިޔާރަތްކުރެއްވި ޓީމުގައި ހިމެނިވަޑައިގަންނަވަނީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އައިޝަތު ޝިހާމް، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޠާރިގް އިބުރާހީމް، ޕީޕީއެމްގެ ނައިބުރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު ޢަބްދުއްރަހީމް އަބްދުﷲ، ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެމްބަރު ޑޮކްޓަރ އަބްދުﷲ ޚަލީލް، ގުރައިދޫ ދާއިރާގެ މެމްބަރު އަލްއުސްތާޛް އިބްރާހީމް ރިޟާ، ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން، އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްޤާރީ ޢަލީ ވަހީދު، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ސީ.އީ.އޯ މުޙައްމަދު ވަޙީދު ޙުސައިން އަދި ޕީ.ޕީ.އެމް އޮފީހުގެ ގޮފި އެގްޒެކެޓިވް ޔަޝްފާ ޢަބްދުލްޣަނީއެވެ.