ޙާއްޞަ ދަންނަވާލުމެއް:

އިޢުލާނު - އިޢުލާނު ނަންބަރު:PPM-A/IUL/2013/36

ހދ. ނޮޅިވަރަމް ކައުންސިލްއިން ހުސްވެފައިވާ ގޮނޑިއަށް ޕީ.ޕީ.އެމް ގެ ޓިކެޓުގައި ވާދަކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ނަން ހުށައެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވާލައިފީމެވެ. ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 21 ޖުލައި 2013 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރީން ޕާޓީ އޮފީހަށް ސިޓީ އަކުން ހުށައެޅުއްވުން އެދެމެވެ. މިގޮތުން ފޮނުވާ ސިޓީތައް ފެކްސް އިން ވެސް ބަލައި ގަނެވޭނެވާހަކަ ދަންނަވަމެވެ. ފެކްސް ފޮނުވާނީ 3303848 މިނަންބަރަށެވެ. ކެންޑިޑޭޓަކަށް ވުމަށް އެދިލައްވާ ފަރާތްތަކަކީ އިލެކްޝަންސް ކޮމިޝަންއިން ބައި-އިލެކްޝަން އަށް އިޢުލާން ކޮށްފައިވާ (A)CA-2013/323 އިޢުލާން ގެ ޝަރުޠުތައް ފުރިހަމަވާ ފަރާތަކަށް ވުމާއެކު، ޕީ.ޕީ.އެމް ގެ މެމްބަރަކަށް ވާންވާނެއެވެ. އަދި ސިޓީއާއި އެކު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަކާއި، ޕާސްޕޯޓް ސައިޒު ފޮޓޯ އަކާއި، ކުށުގެ ރެކޯޑުގެ މަޢުލޫމާތު އަންގައިދޭ ރިޕޯޓެއް ހުށައަޅަން ވާނެއެވެ. 21 ރަމަޟާން 1434 20 ޖުލައި 2013

Saturday, 20th July 2013 - 1:52pm

ޕީ.ޕީ.އެމް.އިން ކުރިމަތިލާ މި އިންތިޚާބު ކާމިޔާބުކުރަން ބޭނުންވަނީ ޤައުމަށާއި ރައްޔިތުންނަށްޓަކައި – ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް


RecentLarge
ފަހުގެ ޚަބަރު
 • ޕީ.ޕީ.އެމް.އިން ކުރިމަތިލާ މި އިންތިޚާބު ކާމިޔާބުކުރަން ބޭނުންވަނީ ޤައުމަށާއި ރައްޔިތުންނަށްޓަކައި – ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް
  Thursday, 8th August 2013 - 8:53pm

 • ތިންއަހަރުގެ ވެރިކަމުގެ ނަތީޖާ އަކީ ރާއްޖޭގެ އިޖްތިމާޢީ، އަޚްލާޤީ ފޭރާން ހަލާކުވެދިއުން
  Saturday, 27th July 2013 - 7:07pm

 • އދ. އޮމަދޫ އެމް.ޑީ.ޕީ ގޮފީގެ ރައީސް އާއި ނާއިބު ރައީސް އަދި އެރަށު ޑީ.އާރު.ޕީ ގޮފިގެ ރައީސް ޕީ.ޕީ.އެމް. އަށް ސޮއި ކޮށްފި.
  Tuesday, 23rd July 2013 - 4:08pm

 • މާލޭގައި ރ.އަތޮޅު ޕީ.ޕީ.އެމް. ކެމްޕެއިން ޖަގަހައެއް ރޭ ހުޅުވައިފި
  Tuesday, 16th July 2013 - 12:37am

 • އެމް.ޑީ.ޕީ.އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދުޝްމަނެއް- މަލީހް
  Tuesday, 9th July 2013 - 2:23pm

 • ފަހުގެ ފޮޓޯތައް
  gallery updates gallery updates gallery updates gallery updates gallery updates gallery updates