ތާރީޚްގެ ތެރެއިން

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އަކީ ޤާނޫނު ނަންބަރު: 2013/4 (ސިޔާސީ ޕާޓީގެ ޤާނޫން) ގެ ދަށުން 27 އޮކްޓޯބަރ 2011 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓްރީ ކޮށްފައިވާ ސިޔާސީ ޕާޓީއެކެވެ.

މިޕާޓީގެ ނަމަކީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އެވެ.

ރަމްޒު ނަމުން ނަމަ ޕީ.ޕީ.އެމް އެވެ.

 

ޕާޓީގެ ނަން އިނގިރޭސި ބަހުން ލިޔެވޭނީ PROGRESSIVE PARTY OF MALDIVES  ރަމްޒު ނަމުން ނަމަ PPM މިގޮތަށެވެ.

 

މި ޕާޓީއަކީ، މުދާ ހޯދުމާއި، މުދާ ލިބިގަތުމާއި، މުދާ މިލްކު ކުރުމާއި، ދަޢުވާ އުފުލުމާއި، ދަޢުވާ ލިބިގަތުމުގެ ޙައްޤު ލިބިފައިވާ، މެންބަރުންނާ ވަކިން އުފެދިފައިވާ ޤާނޫނީ ޝަޚްޞެކެވެ.

 

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ގެ މޮޓޯއަކީ [އެންމެ ފުރަތަމަ ޤައުމު]

ނުވަތަ އިނގިރޭސި ބަހުން ނަމަ [Nation First] އެވެ.