ޕާޓީގެ މައިގަނޑު އުޡޫލްތައް.


ޕާޓީގެ ސިޔާސަތުތައ ކަނޑައެޅުމުގައްޔާއި ރައްޔިތުންގެ މަޖްލިހާއި ލޯކަލް ގަވަރންމެންޓްގެ މއައްސަސާތަކުގައި ޕާޓީ މެމމްބަރުން ކުރާ
މަސައްކަތްތަކުގެ ސިޔާސަތު ކަނޑައެޅުމުގައި، އަދި ޕާޓީގެ ހަރަކާތްތަކުގައި ގެންގުޅޭނީ، އަންނަނިވި މައިގަނޑު އުޞޫލުތަކެވެ.


(ހ) މާތްވެގެންވާ އިސްލާމް ދީން ރައްކާތެރިކޮށް ޙިމާޔާތް ކުރުމާއި، މާތްވެގެންވާ އިސްލާމް ދީން ފިޔަވައި އެހެން ދީނަކަށް ރާއްޖޭގައި ފުރުޞަތު ނުދިނުމަށްޓަކައި ޕާޓީގެ ސިޔާސަތުތަކާއި ހަރަކާތްތައް ކަނޑައެޅުން.


(ށ) ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދަމަހައްޓައި، ރައްކާތެރިވާނެގޮތަށް ޕާޓީގެ ސިޔާސަތުތަކާއި ހަރަކާތްތައް ކަނޑައެޅުން.


(ނ) ޑިމޮކްރަސީގެ އަސާސްތައް ނަގަހައްޓައި، ޑިމޮކްރެޓިކް އުޞޫލުތައް ދެމެހެއްޓުމަށްޓަކައި ޕާޓީގެ ސިޔާސަތުތަކާއި ހަރަކާތްތައް ކަނޑައެޅުން.


(ރ) ދިވެހި މުޖުތަމަޢުގައި އިންސާނީ ޙައްޤުތައް ކުރިއަރުވައި، ދިވެހި ރައްޔިތުންގެ މެދުގައި ހަމަހަމަކަން ޤާއިމުކޮށް ދެމެހެއްޓުމަށްޓަކައި ޕާޓީގެ ސިޔާސަތުތަކާއި ހަރަކާތްތައް ކަނޑައެޅުން.


(ބ) ރައްޔިތުންގެ އަސާސީ ޙައްޤުތައް ރައްކާތެރިކުރުމާއި ކުރިއެރުވުމަށްޓަކައި ޕާޓީގެ ސިޔާސަތުތަކާއި ހަރަކާތްތައް ކަނޑައެޅުން.


(ޅ) ޤާނޫނަށް ބޯލެނބުން ޤާއިމުކުރުމާއި ޤާނޫނޫގެ ވެރިކަން ނެގެހެއްޓުމަށްޓަކައި ޕާޓީގެ ސިޔާސަތުތަކާއި ހަރަކާތްތައް ކަނޑައެޅުން.


(ކ) ޝަރުޢީ ދާއިރާއާއި ފަނޑިޔާރުން، އަދި މިނިވަން މުސްތަޤިއްލު މުއައްސަސާތަކުގެ މިނިވަންކަން، ދަމަހައްޓައި ބާރުވެރިކުރުވުމަށްޓަކައި ޕާޓީގެ ސިޔާސަތުތަކާއި ހަރަކާތްތައް ކަނޑައެޅުން.


(އ) ދިވެހިންގެ މެދުގައި ޤައުމީ ރޫޙު އާލާ ކުރުމާއި، ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި ޕާޓީގެ ސިޔާސަތުތަކާއި ހަރަކާތްތައް ކަނޑައެޅުން.


(ވ) ދެމެހެއްޓެނިވި ތަރައްޤީގެ އަސާސްތައް، ޤައުމު ބިނާކުރުމުގެ ދާއިރާތަކުގައި، ނެގެހެއްޓުން.


(މ) ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި، ދިވެހިރާއްޖޭގެ ޤުދުރަތީ ވަޞީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް، މިހާރުގެ ޖީލްތަކަށާއި އަންނަން އޮތް ޖީލުތަކަށް، އަމާނަތްތެރިކަމާއެކު ފޯރުކޮށްދިނުމަށްޓަކައި ޕާޓީގެ ސިޔާސަތުތަކާއި ހަރަކާތްތައް ކަނޑައެޅުން.


(ފ) ދިވެހިރާއްޖޭގެ ތަރައްޤީއަށް ލިބެންހުރި ފުރުޞަތުތައް އިތުރުކޮށް، ދިވެހި ރައްޔިތުންނަށް މަންފާ ކުރަނިވި ގޮތެއްގައި، އެފުރުޞަތުތައް ބޭނުންކުރުމަށްޓަކައި ޕާޓީގެ ސިޔާސަތުތަކާއި ހަރަކާތްތައް ކަނޑައެޅުން.


(ދ) ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، އެކުދިންނަށް ޖިސްމާނީ އަދި ނަފްސާނީ އަދި ޞިއްޙީ ގޮތުން ރައްކާތެރި މާޙައުލެއް ޔަޤީންކުރުމަށްޓަކައި ޕާޓީގެ ސިޔާސަތުތަކާއި ހަރަކާތްތައް ކަނޑައެޅުން.


(ތ) ޒުވާނުންގެ ކުރިއެރުމާއި ތަރައްޤީއަށް އިސްކަންދީ، ޒުވާނުންނަކީ ބިނާކުރަނިވި ބަޔަކަށް ހެދުމަށްޓަކައި ޒުވާނުންނަށް ފުރުޞަތުތައް ތަނަވަސްކޮށްދިނުމަށް ޕާޓީގެ ސިޔާސަތުތަކާއި ހަރަކާތްތައް ކަނޑައެޅުން.


(ލ) ޖިންސުގެ ހަމަހަމަކަމާއި، އަންހެނުން ބާރުވެރިކުރުމާއި އަންހެނުންގެ ތަރައްޤީއަށް ފުރުޞަތުތައް ތަނަވަސްކުރުމަށްޓަކައި ޕާޓީގެ ސިޔާސަތުތަކާއި ހަރަކާތްތައް ކަނޑައެޅުން.


(ގ) ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ސުލްޙައަށާއި އެއްބާރުލުމަށް ހިތްވަރުދޭ ޤައުމެއްގެ ގޮތުގައި، ދިވެހިރާއްޖެ ދެމެހެއްޓުމަށްޓަކައި ޕާޓީގެ ސިޔާސަތުތަކާއި ހަރަކާތްތައް ކަނޑައެޅުން.


(ޏ) އުމުރުން ދުވަސްވީ މީހުންނަށް މުޖްތަމަޢުގެ ޤަދަރާއި އަޅާލުން ހޯދުމަށާއި އެމީހުންނަށް ޚާއްޞަ ވެގެންވާ ބޭނުންތައް ފާހަގަކޮށް އެކަންތައްތަކަށް މަގުފަހުކޮށްދިނުމަށްޓަކައި ޕާޓީގެ ސިޔާސަތުތަކާއި ހަރަކާތްތައް ކަނޑައެޅުން.


(ސ) ޚާއްޞަ އެހީއަށް ބޭނުންވާ ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކޮށް ހަމަހަމަ ފުރުޞަތުތައް ހޯދައިދިނުމުގެ ގޮތުން ޕާޓީގެ ސިޔާސަތުތަކާއި ހަރަކާތްތައް ކަނޑައެޅުން.