ްރައީސް ޔާމިން ޅ. ނައިފަރަށް ވަޑައިގެންނެވުނ

ްރައީސް ޔާމިން ޅ. ނައިފަރަށް ވަޑައިގެންނެވުނ

ޕީ.ޕީ.އެމްގެ މުސްތަޝާރު، ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ކުރިއަށްއޮތް ރިޔާސީ އިންތިޚާބާއި ގުޅިގެން ޅ. ނައިފަރަށް ވަޑައިގެންނެވުމުން އެރަށުން އެމަނިކުފާނަށް އެރަށުން ވަރަށް ހޫނު ތަރުޙީބެއް ދަންނަވައިފިއެވެ. ނައިފަރުގެ ބޮޑު ސަރަހައްދެއް ފިޔާތޮށި ކުލައިން ޖަރީކުރެވިފައިވާއިރު، ރަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ރައީސް ޔާމީނާއި ސަލާމް ކުރެއްވުމަށް ބަދަރު ސަރަޙައްދަށް އެއްވެފައި ވެއެވެ.

ރައީސް ޔާމީންގެ މި ދަތުރުފުޅުގައި އެމަނިކުފާނުވަނީ ނައިފަރު ޅ. ނައިފަރު ހޮސްޕިޓަލުގެ އާޢިމާރާތް ހުޅުއްވައި ދެއްވާފައެވެ. ނައިފަރުން އެމަނިކުފާނަށް ވަރަށް ހޫނު ތަރުޙީބެއް ދަންނަވާފައިވެއެވެ. 

މިކަމުން ހާމަވެގެން ދަނީ އެރަށުގެ ރައްޔިތުން ރައީސް ޔާމީން ރާއްޖޭގެ ރަށްރަށަށް ގެންނަވާ ތަރައްޤީ ހެޔޮހިތުން ޤަބޫލުކުރާ ކަމަށާއި އަދި ވޭތުވެދިޔަ ހަތަރު އަހަރު އެމަނިކުފާނު ކުރެއްވި މަސައްކަތް ބަލައިގަންނަ މިންވަރެވެ. މިދަތުރުފުޅުގައި ރައީސް ޔާމީން ޅ. ހިންނަވަރަށް ވަޑައިގަތުމުން އެ ރަށުންވެސް އެ މަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ހިންނަވަރަކީ  އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ އުފަން ރަށް ކަމުގައި ވީނަމަވެސް އެރަށުން ރައީސް ޔާމީނާއި ބައްދަލުކޮށް ސަލާން ކުރުމަށް ވަރަށްގިނަ މީހުން އެއްވެފައި އޮތެވެ. މިކަމުން ހާމަވެގެން ދަނީ ރައްޔިތުން ބޭނުންވަނީ . ތަރައްޤީއާއި ކުރިއެރުންތައް ކަމެވެ