ކެމްޕޭން ދަތުރުފުޅުގައި ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދާއި އެމަނިކުފާނުގެ ޓީމް ހދ އަދި ށ އަތޮޅައަށް ވަޑައިގަތުން

ކެމްޕޭން ދަތުރުފުޅުގައި ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދާއި އެމަނިކުފާނުގެ ޓީމް ހދ އަދި ށ އަތޮޅައަށް ވަޑައިގަތުން

ޕީ.ޕީ.އެމްގެ އިންތިޚާބީ ބައިވެރިޔާ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިހާރު ކުރައްވަމުން ގެންދަވާ ކެންޕޭން ދަތުރުފުޅެއްގައި ޕީ.ޕީ.އެމްގެ އިސްބޭފުޅުންނާއިއެކު މިއަދު ށ އަތޮޅުގެ ތިން ރަށަކަށް ވަޑައިގަންނަވާނެއެވެ.

ހަ ދުވަހުގެ މުއްދަތަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި މިއަދު ހެނދުނު ފޯކައިދޫއަށް ވަޑައިގެން އެރަށުގެ ޕީ.ޕީ.އެމް މެމްބަރުންނާ ބައްދަލުކުރައްވާ ޑޯޓުޑޯ ގެ ހަރަކާތްތައް ކުރިއަށް ގެންދަވާފައެވެ.

ރަނިންމޭޓާއި ކެންޕެއިން ޓީމް މިއަދު މެންދުރުފަހުގެ ވަގުތެއްގައި މަރޮށި އަދި ކޮމަންޑޫއަށް ފުރާވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

އެމަނިކުފާނު މި ދެރަށަށް ވަޑައިގެން އެރަށުގެ ޕީ.ޕީ.އެމް މެންބަރުންނާ އެންމެ ގާތުން ބައްދަލުކުރައްވާނެއެވެ.

އަދި ހަމަ އެރަށުގައި ޑޯޓުޑޯ ގެ ހަރަކާތްތައް ކުރިއަށް ގެންދެވުމަށްވަނީ ރާއްވަވާފައެވެ.ޖުމްލަ ދިހަ ރަށަކަށް ވަޑައިންނަވާ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރަނިންމޭޓް އާއި ކެމްޕޭން ޓީމް މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގައެވެ.

އެމަނިކުފާނު ހދ. ހަނިމާދޫ، ހދ ނޮޅިވަރަމް، ހދ. ކުޅުދުއްފުށި، ހދ. ކުމުންދޫ، ހދ ނެއްލައިދޫ، އަދި ހދ. ނާވައިދޫއަށް ވަޑައިގަތުމުން އެމަނިކުފާނަށް މި ރަށްތަކުގެ ރައްޔިތުން ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައިވެއެވެ