1972 ވަނައަހަރު ފަތުރުވެރިކަމުގެ ސިނާއަތް ރަސްމީކޮށް ރާއްޖޭގައި ފެށުނުއިރު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދަތުރުފަތުރުގެ ނިޒާމް ހަރުދަނާ ނުވުމެވެ. ފަތުރުވެރިކަމަށް 41 އަހަރު ފުރި ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ވެރިކަމާއި ހަވާލުވަޑައިގެންއިރުވެސް ފަތުރުވެރިކަމަށް އެދެވޭ ހައްލެއް ލިބިފައިނެތީ ދަތުރުފަތުރު ކުރުމަށް ކުރިއެރުންތަކެއް ލިބިފައި ނެތުމުންނެވެ.
ނަމަވެސް އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމާއެކު ދަތުރުފަތުރުކުރުން އެހެން ދަރަޖައަކަށް ގެންދެއްވުމަށްޓަކައި ވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަށްވާފައެވެ. އެގޮތުން 2015 ވަނައަހަރު ރ. އިފުރުގައި އެއާޕޯޓް ރަސްމީކޮށް ހުޅުވައިދެއްވާ އެއަތޮޅުގެ ރައްޔިތުންނަށާއި ފަތުރުވެރިކަމުގައި އުޅުއްވާ ފަރާތްތަކަށް ނަފާ ހޯދޭނޭ މަގު ތަނަވަސް ކޮށްދެއްވިއެވެ.
2013 ވަނައަހަރު ރިޔާސީ ވަޢުދެއް ކަމުގައިވާ ކުޅިދުއްފުށީ އެއާޕޯޓްގެ ޢަމަލީ މަސައްކަތްފެށުމުން ރައްޔިތުންނަށަށާއި ފަތުރުވެރިކަމުގެ ދާއިރާއަށް އުންމީދުތަކެއް އާވިއެވެ. މިހާރުވެސް ހއ. ހޯރަފުށީގެ އެއާޕޯޓްގެ މަސައްކަތް ކުރިއަށްއަށް ދާއިރު އުތުރުގެ ރަށްތަކަށްވަނީ ތަރައްޤީގެ ކުލަޖެހި ރައްޔިތުންގެ އުންމީދުތައް ޙާޞިލް ކުރެވޭނީ ރައީސް އަބްދުﷲ ޔާމީންއަށްކަން ފާޅުގައި އަންގަމުންނެވެ.
ރައީސް ޔާމިން 2018 ގެ ރިޔާސީ ވަޢުދަކީ މ. މުލީގައި އެއާޕޯޓެއް ތަރައްޤީކުރެވި އޭގެ ފައިދާ މ. އަތޮޅުގެ ރައްޔިތުންނަށް ކުރާނެކަމުގެ ވަޢުދެވެ. އެމަނިކުފާނުގެ މިދައުރުގައި ށ. ބިލެއްފަހީގައި އެއާޕޯޓް އަޅަން ފެށޭނެ ކަމަށް ވިދާޅުވުމުން އުތުރުގެ އަތޮޅުތަކުގެ ހުނޅަގުބިތުގައި ދިރިއުޅޭ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގެފަސޭހަތައް ލިބުމުގެ އުންމީދު އާވެއްޖެއެވެ. ގދ. ފަރެސްމާތޮޑާގައި 2019 ވަނައަހަރު ބޯޓު ޖައްސާނެކަމަށް ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ވިދާޅުވެފައިވާތީ އެސަރަހައްދުގެ ރައްޔިތުން އެމަނިކުފާނުގެ އެވަޢުދު ފުއްދަވާނެކަން ޔަޤީންކުރެއެވެ. ރައީސް ޔާމިން ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފިނަމަ ގއ. ވިލިގިލީގައި ބައިނަލްއަޤުވާމީ ވައިގެ ބަނދަރެއް އަޅުއްވައި ދެއްވާ އެސަރަހައްދު ތަރައްޤީގެ އެހެން ދަރަޖައަކަށް ގެންދަވާނެކަން ރާއްޖޭގެ އެންމެން ޤަބޫލު ކުރެއެވެ.
މާކަނޑުގެ މެދުގައި އެކަނިވެރި އަދި އެކަހެރި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން ތަޢުލީމާއި، ދުޅަހެޔޮ ސިއްޙަތާއި ރަނގަޅު ދަތުރުފަތުގެ ނިޒާމަކަށް ކުރާ އާދޭސް އައްސަވާ، ހދ މަކުނުދޫފަދަ އެކަހެރި ރަށްރަށަށް ވައިގެމަގުން ދަތުރުކުރެވޭނެ ނިޒާމް ޤާއިމް ކޮއްދެއްވާނެކަމަށް ރައީސްގެ ވަޢުދުފުޅުގައި ހިމެނެއެވެ.