Progressive Party of Maldives

Category: Election

ޤައުމީ ފުޓްބޯޅަ ޓީމަށް ހޫނު މަރުހަބާ ކިޔުމަށް ޕީ.ޕީ.އެމުން ތައްޔާރުވަނީ

ޤައުމީ ފުޓްބޯޅަ ޓީމަށް ހޫނު މަރުހަބާ ކިޔުމަށް ޕީ.ޕީ.އެމުން ތައްޔާރުވަނީ

ޤައުމީ ފުޓްބޯޅަ ޓީމަށް ހޫނު މަރުޚަބާ ކިޔުމަށް ޕީ.ޕީ.އެމް ތައްޔާރުވަމުުން އެބަދެއެވެ. ޤައުމީކުލަ އެންމެ ބޮޑަށް ރަމްޒުކޮށްދޭ ރަތްކުލައިގެ ހެދުމެއްގައި ދިވެހި އެންމެހާ ރައްޔިތުން ނިކުމެ ޤައުމީ ޓީމަށް މަރުހަބާ ކިއުމަށް ޕީ.ޕީ.އެމް ވަރަށް ބޮޑަށް އެދެއެވެ. ޤައުމީ ޓީމަށް މަރުޚަބާ ވިދާޅުވުމަށްޓަކައި ސަރުކާރުގެ އިސްވެރިންނާއި، ފުޓްބޯޅަ އެސޯސިއޭޝަންގެ ބޭފުޅުންނާއި އަދި ވަރަށްގިނަ ބޭފުޅުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގަންނަވާނެއެވެ.

މީގެ އިތުރުން ގިނަ ޢަދަދެއްގެ ރައްޔިތުން ބުރިޖް ކައިރިއަށް ޖަމާކުރުމަށް ޕީ.ޕީ.އެމް މަސައްކަތް ކުރަމުން ދެއެވެ. ފުޓްބޯޅަ އެސޯސިއޭޝަންއިން ހާމަކުރާ ގޮތުގައި ޤައުމީ ފުޓްބޯޅަ ޓީމަށް ހޫނު މަރުޚަބާ ކިޔުމަށް ގިނަގުނަ ހަރަކާތްތަކެއް ކުރިއަށް ދާނެއެވެ.

ޤައުމީ ފުޓްބޯޅަ ޓީމު މާލެއަށް އަންނާނެ ގަޑިއަކީ ރާއްޖޭގެ ގަޑިން 15:00 ކަމަށް ވީއިރު ޤައުމީ ފުޓްބޯޅަ ޓީމު އަންނަ ފްލައިޓް ޖައްސަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭއަށެވެ. އިއްތިހާދު އެއާވޭސްގެ އެއާބަސް އޭ380 މަރުކާގެ މަތިންދާބޯޓު ހުޅުލެއަށް ޖައްސާއިރު މިއީ މިހާތަނަށް ރާއްޖެއަށް އަންނަ އެންމެ ބޮޑު ބޯޓެވެ. އަދި މިބޯޓު ގެ ޕައިލެޓަކީ ދިވެއްސެއްކަމަށްވާ އަލީ އަހްސަންއެވެ.

ސާފް ސުޒުކީ ކަޕްގެ ފައިނަލުގައި އިންޑިޔާ އަތުން 2-1 އިން މޮޅުވެ ދިވެހިރާއްޖޭން ނުވަ އަހަރަށްފަހު މުބާރާތް ކާމިޔާބުކުރުމުން ދިވެހިން ދަނީ ޓީމަށް ތަޢުރީފް ކުރަމުންނެވެ

ޕީ.ޕީ.އެމްއިން އިންޒާމް ކޮށްގެން ބާއްވާ ބޮޑު ޖަލްސާ، “އެންމެން އެކަކަށް” ގައި ބައިވެރިވުމަށް ވަރަށް ގިނަ ޢަދަދެއްގެ ސަޕޯޓަރުން މާލެ ސިޓީއަށް އަންނަންފަށައިފި

ޕީ.ޕީ.އެމްއިން އިންޒާމް ކޮށްގެން ބާއްވާ ބޮޑު ޖަލްސާ، “އެންމެން އެކަކަށް” ގައި ބައިވެރިވުމަށް ވަރަށް ގިނަ ޢަދަދެއްގެ ސަޕޯޓަރުން މާލެ ސިޓީއަށް އަންނަންފަށައިފި

ޕީ.ޕީ.އެމްއިން އިންޒާމް ކޮށްގެން ބާއްވާ ބޮޑު ޖަލްސާ، “އެންމެން އެކަކަށް” ގައި ބައިވެރިވުމަށް ވަރަށް ގިނަ ޢަދަދެއްގެ ސަޕޯޓަރުން މާލެ ސިޓީއަށް އަންނަންފަށައިފިއެވެ.

އަތޮޅުތަކުގެ ތެރެއިން ވަރަށްގިނަ ޕީ.ޕީ.އެމް މެންބަރުންނާއި އެޕާޓީއަށް ތާއީދުކުރާ މެންބަރުން ކަނޑުމަގުންނާއި ވައިގެމަގުން ވެރިކަންކުރާރަށް މާލެއަށް ޖަމާވަމުން މިދަނީ މާފަންނު ސްޓޭޑިއަމް ނުވަތަ ވެލިދަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕީ.ޕީ.އެމްގެ ބޮޑުޖަލްސާގައި ބައިވެރިވުމަށެވެ.

މިޖަލްސާއަކީ މިހާތަނަށް ބޭއްވޭނެ އެންމެ ބޮޑު ކެމްޕޭން ޖަލްސާ ކަމަށްވެގެން ދާނެއެވެ.

  ޕީޕީއެމްއިން އިންތިޒާމްކޮށްގެން ބާއްވާ މިޖަލްސާއަށް 20،000 ވުރެ ގިނަ ގޮނޑިޖަހާނެއެވެ.

 މިއީ މިހާތަނަށް މާލޭގައިބޭއްވޭ ޖަލްސާއަކަށް އެންމެ ގިނަ ގޮނޑި ޖަހާ ފުރަތަމަ ފަހަރެވެ.

ދިވެހިރާއްޖޭގެ އެކިއެކި ކަންކޮޅުތަކުން މާލެ އަންނަމުންދާ ޕީ.ޕީ.އެމްގެ ހުރިހާ ސަޕޯޓަރުނގެންދަވަނީ ވަރަށް ފޯރިއާއި ޖޯޝުގައި އެމީހުންގެ ޝުޢޫރުތައް ފާޅުކުރައްވަމުންނެވެ

ޕީ.ޕީ.އެމްގެ މުސްތަޝާރު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް “އެމް.އެން.ޔޫ ރިޔާސީ ބަހުސް 2018” ބައިވެރި ވެ ވަޑައިގަންނައިފި.

ޕީ.ޕީ.އެމްގެ މުސްތަޝާރު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް “އެމް.އެން.ޔޫ ރިޔާސީ ބަހުސް 2018” ބައިވެރި ވެ ވަޑައިގަންނައިފި.

ޕީ.ޕީ.އެމްގެ މުސްތަޝާރު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް “އެމް.އެން.ޔޫ ރިޔާސީ ބަހުސް 2018” ބައިވެރި ވެ ވަޑައިގަންނައިފިއެވެ. މި ބަހުސަށް، އެމްއެންޔޫ އިން ރައީސް ޔާމީންގެ އިތުރުން އިދިކޮޅު ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިޙަށް ވެސް ދައުވަތު އެރުވިއެވެ. އެކަމަކު ބަހުސްގައި އިބޫ ބައިވެރިވެ ވަޑައިގަތުމަށް ދެކޮޅުހެއްދެއްވީ ޕީއެސްއެމްއިން މި ބަހުސް މިނިވަންކަމާއިއެކު ކުރިއަށް ގެންދާނެ ކަމުގެ އެއްވެސް ޔަޤީންކަމެއް ނެތް ކަމަށް ބުނެ އެވެ.

ރޭގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ރައީސްޔާމީން ވިދާޅުވީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތަށް ބާރުފޯރުވައި ވަކި ކަމެއް ވަކި ގޮތަކަށް ކުރުމަށް ބޭރުގެ ބޮޑު އެއްވެސް ދައުލަތަކަށް ނޭންގޭނެ ކަމަށާއި، އެމަނިކުފާނުގެ ސަރުކާރެއްގައި އެކަމަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ. އަދި ދިވެހިރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ޖާގަ ނުދެއްވާނެ ކަމަށާއި، ދިވެހިރާއްޖޭގެ ދާޚިލީ ކަންކަމާ ބެހުމުގެ ފުރުޞަތު ބޭރުގެ އެއްވެސް ފަރާތަކަށް ނުދެއްވާނެ ކަމުގައި އެމަނިކުފާނު އިތުރަށް ވިދާޅުވިއެވެ.

ރާއްޖެއަށް މިހާރު ލިބޭ އާމްދަނީން ލޯނު ނުނަގައި ތަރައްޤީގެ މަޝްރޫޢުތައް ނުހިންގޭނެކަން ފާހަގަކުރައްވައި ރައީސް ޔާމިން ވިދާޅުވީ އެމެރިކާ އަދި އިނގިރޭސިވިލާތް ފަދަ ޤައުމުތަކުންވެސް ފޮރިންއިންވެސްޓަށް ފުރުސަތުދޭއިރު، ރާއްޖެ ފަދަ ކުދި ޤައުމުތަކުން ވެސް ބަރޯސާ ވަނީ ފޮރިން އިންވެސްޓްމަންޓަށް ކަމަށެވެ.

އެގޮތުން މިހާތަނަށް ރާއްޖެއަށް ބޭރުގެ އިންވެސްޓަރުން އައިސްފައި ނުވާހާ މިންވަރަށް މިހާރު ރާއްޖެއަށް ބޭރުގެ އިންވެސްޓްމަންޓްތައް ގެނެވިފައިވާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ ލޯނު ދެއްކުމުގެ ޤާބިލްކަން މިހާރުގެ ސަރުކާރުގައި އެބަހުރި ކަމަށެވެ. މިމޭރުމުން ވާހަހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ އަހަރީ އާމްދަނީ އަކީ 20 ބިލިއަން ރުފިޔާ ކަމަށްވާއިރު، 2023 އާއި ހަމައަށްދާއިރު މިއަދަދު 82 ބިލިއަނަށް އިތުރުވާނެކަން ފާހަގަކުރައްވާފެއެވެ.

“އަޅުގަނޑު މި އުންމީދު މި ކުރަނީ ދިވެހިރާއްޖޭގެ އެތެރެވަރީގެ ސަރަހައްދުން ލިބެން ހުރި އެންމެ ރަނގަޅު ބޭސްފަރުވާ ދަރުމަވަންތަ ހޮސްޕިޓަލުން ލިބިގެން ދިއުން. އަޅުގަނޑު މި އުންމީދު މި ކުރަނީ ރާއްޖޭގައި ހުރި، ހުރިހާ ބޮޑެތި ސިއްހީ މަރުކަޒުތަކުގައި މާލެއާ އެއް ފެންވަރުގެ ޑައިގްނޯސްޓިކް ފެސިލިޓީތައް ކޮންމެ ތަނެއްގައި ހުންނަން. އަޅުގަނޑު މި އުންމީދު ކުރަނީ ހުރިހާ ޒުވާނުންނަށް ވަޒީފާ ދޭން.” ރޭގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގެ ބޮޑު އާބާދީއަކަށް ދިރިއުޅެވޭނެ ގޮތަށް ގްރޭޓަރ މާލެ އޭރިއާ ތަރައްޤީ ކުރައްވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅެން ބޭނުންވާ ފަރާތްތަކަށް މާލެ ސަރަޙައްދަށް ބަދަލުވުމަށް މަޖުބޫރު ކުރެއްވުމަށް ނޫން ކަމަށާއި، މިއީ މާލޭގައި ބޮޑު ކުލި ދައްކައިގެން ދިރިއުޅެމުންދާ ފަރާތްތަކަށް ލުއިފަސޭހަކޮށްދެއްވުމަށް ތަނަވަސްކޮށްދޭ އިތުރު މަގެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ

މި ސަރަޙައްދުގެ ނަމޫނާ ދަޢުލަތަކަށް ރާއްޖެ ހަދަން ބޭނުން- ޕީ.ޕީ.އެމްގެ މުސްތަޝާރު އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ

މި ސަރަޙައްދުގެ ނަމޫނާ ދަޢުލަތަކަށް ރާއްޖެ ހަދަން ބޭނުން- ޕީ.ޕީ.އެމްގެ މުސްތަޝާރު އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ

ދިވެހިރާއްޖެއަކީ އޭޝިޔާ ސަރަޙައްދުގައި އޮތް އެންމެ ފަޚުރުވެރި، އިޤްތިޞާދީ ގޮތުން އެންމެ ފުދުންތެރި އަދި މި ސަރަޙައްދުގެ ނަމޫނާ ދަޢުލަތަކަށް ހައްދަވަން ބޭނުންފުޅުވާކަމުގައި ޕީ.ޕީ.އެމް ގެ މުސްތަޝާރު އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ފަރާތުން ރޭ ވިލިމާލޭގައި ބޭއްވެވި ހަފުލާގައި ޒުވާނުންނަށް ބޭނުންވާ ކަންކަން ފަހިކޮށްދެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅު ދައްކަވަމުން މުސްތަޝާރު ވިދާޅުވީ، އެމަނިކުފާނު ދެވަނަ ދައުރަކަށް އިންތިޚާބު ކޮށްދެއްވައިފިނަމަ ރޭސިންގް ކުޅިވަރުގައި އުޅޭ ހުރިހާ ދިވެހި ޒުވާނުންނަށް އަމާޒުކުރައްވައިގެން ވިލިމާލޭގައި ބައިނަލްއަޤްވާމީ ރޭސިން ޓްރެކެއް ޤާއިމުކުރައްވާނެކަމަށާއި، ދިވެހި ޒުވާނުންގެ ތެރެއިން ރާޅާއެޅުމަށް ޝައުގުވެރިކަން ހުންނަ ޒުވާނުންނަށް އަމާޒުކުރައްވައިގެން ރާޅާއެޅުންތެރިންނަށް ޚާއްޞަ މަންޒިލަކަށް ތަނބުރުދޫ ބަދަލުކޮށްދެއްވާނެކަމުގައި ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން މުސްތަޝާރު އިތުރަށް ވިދާޅުވިގޮތުގައި ވިލިމާލެ 2 އަކީ އުއްމީދުން ފުރިގެންވާ ތަނެއްކަމަށާއި، ރާއްޖޭގައި މިއަދު ދެކެން ބޭނުން މިވާ އިޤްތިޞާދީ ކުރިއެރުމަށް ދާން ބޭނުންވާ މަގު އޮތީ ވިލިމާލެ 2 މަޝްރޫޢާއި ގުޅިފައިކަމަށެވެ.  މި ސަރުކާރުން މިކުރާ މަސައްކަތް ނިމިގެންދާއިރު ތިލަފުށްޓާއި، ވިލިގިއްޔާއި، ގުޅިފަޅާއި މާލެ ބުރިޖަކުން ގުޅިގެން ދާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ސަރުކާރުން މިކުރާ މަސައްކަތް ނިމިގެންދާއިރު ތިލަފުށްޓާއި، ވިލިގިއްޔާއި، ގުޅިފަޅާއި މާލެ ބުރިޖަކުން ގުޅިގެން ދާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މުސްތަޝާރުގެ ވާހަކަފުޅުގައި ރާއްޖޭގެ މިނިވަންކަމަށާއި، ރާއްޖޭގެ އިސްތިޤްލާލާއި ސިޔާދަތަށް އުނިކަމެއް އަންނަ އެއްވެސް ކަމެއް އިދިކޮޅު ފަރާތްތަކުން ނުކުރުމަށް ވަނީ ގޮވާލައްވައިފައެވެ

ދިވެހިރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމަށް ޕީ.ޕީ.އެމްގެ މުސްތަޝާރު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މަރުޙަބާ ވިދާޅުވެއްޖެ

ދިވެހިރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމަށް ޕީ.ޕީ.އެމްގެ މުސްތަޝާރު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މަރުޙަބާ ވިދާޅުވެއްޖެ

ދިވެހިރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމް، ސާފް ސުޒުކީ ކަޕް 2018 ގެ ޗެމްޕިޔަންކަން ހޯދުމާ ގުޅިގެން، ޕީ.ޕީ.އެމްގެ މުސްތަޝާރު، ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޤައުމީ ފުޓުބޯޅަ ޓީމަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

އިއްޔެ ކުޅުނު ސާފް ސުޒުކީ ކަޕް 2018 ގެ ފައިނަލް މެޗުގައި އިންޑިޔާގެ ޤައުމީ ޓީމާ ވާދަކޮށް ދިވެހިރާއްޖެއިން ޗެމްޕިޔަންކަން ހޯދާފައިވަނީ 2-1 އިންނެވެ.

އިއްޔެގެ މެޗުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމީ ޓީމުގެ ކެޕްޓަން އަކްރަމް ޢަބްދުލްޣަނީއަށް ފޯނުން ގުޅުއްވައި ޓީމަށް ހިތްވަރު ދެއްވާފައެވެ.

ރައީސް ޔާމީނަަކީ ޒުވާނުން ކުޅިވަރުގެ މައިދާނުގައި ރަންވަނަތައް ހޯދައިދެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާ ބޭފުޅެކެވެ.

އެގޮތުން ރައީސް ޔާމިންގެ ސަރުކާރުން ރަށްރަށުގައި 86  ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާފައިވާއިރު 93 ދަނޑެއްގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. 83 ވޮލީކޯޓް ނިންމާފައި ވާއިރު 23 ވޮލީކޯޓެއްގެެ މަސައްކަތް ދަނީ ކުރެވެމުންނެވެ. 93 ބަށިކޯޓާއި 44 ނެޓްކޯޓް އަދި 11 ބާސްކެޓް ކޯޓްގެ މަސައްކަތް ވަނީ ނިމިފައެވެ.

މި ދަނޑުތަކަށް ޖުމްލަ 434 މިލިއަން ރުފިޔާ ދައުލަތުން ވަނީ ޚަރަދު ކުރައްވާފައެވެ

ޕީ.ޕީ.އެމްގެ މުސްތަޝާރު އަދި ރައީސުލްޖުމްޙޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފުވައްމުލަކަށް ވަޑައިގަތުން

ޕީ.ޕީ.އެމްގެ މުސްތަޝާރު އަދި ރައީސުލްޖުމްޙޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފުވައްމުލަކަށް ވަޑައިގަތުން

ޕީ.ޕީ.އެމްގެ މުސްތަޝާރު އަދި ރައީސުލްޖުމްޙޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެމަނިކުފާނުގެ ކެމްޕޭން ދަތުރު ފުޅެއްގައި ފުވައްމުލަކަށް ވަޑައިގެންފިއެވެ.

އެމަނިކުފާނު ފުވައްމުލަކަށް ފައިބައިވަޑައިގަތުމާއެކު އެރަށު ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ.ރައީސް ޔާމިންގެ މިދަތުރުފުޅުގައި ފުވައްމުލަކުގައި ތަރައްޤީކޮށްފައިވާ ފެނާއި، ނަރުދަމާގެ ޚިދުމަތް ފަށްޓަވައިދެއްވައި، އެރަށުގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތަކާއި، ނޭޗަރ ޕާކް ހުޅުއްވައިދެއްވައި، ބަނދަރުގެ އެއްގަމުތޮށިލުމަށް ހިންގި މަޝްރޫޢުގެ ނިމުންވެސް ފާހަގަ ކުރެއްވިއެވެ.

ރައްޔިތުން މަޖިލީހުގެ ރައީސަކީ ފުވައްމުލަކު ބޭފުޅެއްކަމަށްވާ ޢަބްދުﷲ މަޞީހު ކަމަށް ވީހިނދު އެމަނިކުފާނު ވަކިކުރަން އިދިކޮޅުފަރާތްތަކުން މަސައްކަތް ކުރި މައްސަލައަށް ރައީސް ޔާމީންގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ. އެގޮތުން ޢަބްދުﷲ މަޞީހު ވަކިކުރަން އިދިކޮޅުފަރާތްތަކުން މަސައްކުރި މަޤްޞަދަކީ ރައީސް ޔާމީން އަޒުލުކުރުންކަމަށްވެސް އެމަނިކުފާން ވިދާޅުވިއެވެ.

ރައީސް ޔާމިންގެ ސަރުކާރުގައި ފުވައްމުލަކަށް ތަރައްޤީގެ ގިނަގުނަ މަޝްރޫޢުތަކެއް ހިންގާފައިވާއިރު 18 ދާއިރާއަކުން އެ މަޝްރޫޢުތަކުގެ ޢަދަދު 60 އަށް އަރައެވެ. މިހާތަނަށް 1,216,460,873.94  ރުފިޔާ މި މަޝްރޫޢުތަކަށް ހޭދަކޮށްފައިވެއެވެ. ނަމަވެސް އެމްޑީޕީގެ ވެރިކަމުގައި ފުވައްމުލަކުގައި ހިންގާފައިވަނީ އެންމެ 10 މަޝްރޫޢުއެވެ

މިހާތަނަށް ލައްކައަކާއި ގާތް ކުރާ ޢަދަދަކަށް މިސަރުކާރުން ވަޒީފާގެ ފުރުޞަތު އުފައްދަވާފައިވާނެ- ޕީ.ޕީ.އެމްގެ މުސްތަޝާރު އަދި ރައީސުލްޖުމްޙޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް

މިހާތަނަށް ލައްކައަކާއި ގާތް ކުރާ ޢަދަދަކަށް މިސަރުކާރުން ވަޒީފާގެ ފުރުޞަތު އުފައްދަވާފައިވާނެ- ޕީ.ޕީ.އެމްގެ މުސްތަޝާރު އަދި ރައީސުލްޖުމްޙޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް

މިހާތަނަށް ލައްކައަކާއި ގާތް ކުރާ އަދަދަކަށް މިސަރުކާރުން ވަޒީފާގެ ފުރުސަތު އުފައްދަވާފައިވާ ކަމަށް ޕީ.ޕީ.އެމްގެ މުސްތަޝާރު އަދި ރައީސުލްޖުމްޙޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ،  އައްޑު އަތޮޅާއި، ފުވައްމުލަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ފުވައްމުލައް ސިޓީއަށް ވަޑައިގެން 5 މަޝްރޫޢެއްގެ ނިމުން ފާހަގަކުރެއްވުމަށް  ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ، މިވަޒީފާތައް އަދާކުރާ 99 އިންސައްތަ މީހުންނަކީ ދިވެހިން ކަމަށާއި އަދި ކުރިއަށް އޮތް ތާނގައި ފަތުރުވެރިކަމުގެ ދާއިރާއިން އެކަނިވެސް އެއްލައްކަ ފަސްދޮޅަސް ހާސް ވަޒީފާ އުފައްދަވާނެކަމަށެވެ.

މީގެ އިތުރުން ދިވެހި ރާއްޖޭގެ ހާލަތު ބަދަލުކުރުމުގައި ޒުވާނުންގެ ދައުރަކީ އިސް ދައުރެއް ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ކޮންމެ ޤައުމެއް ވެސް ކޮންމެ ރަށެއް ވެސް އަދި ކޮންމެ މުޖުތަމަޢެއް ވެސް ކުރިއަރާ ދާނީ ޒުވާނުންގެ ހިތްވަރާއި ޒުވާނުންގެ ހުރި ކެރުންތެރިކަމުގެ ސަބަބުން ކަމަށެވެ.

ރައީސް ޔާމިން ވަނީ ޒުވާނުންނަށް ޚާއްސަ ކުރައްވައިގެން ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން ޒުވާނުންގެ ޤައުމީ އެވޯޑާއި، އެސްއެމްއީ ލޯނުގެ ފުރުޞަތާއި، ގެޓްސެޓްލޯނާއި، ފުޓްސަލް ދަނޑުތަކާއި ސްޕޯޓްސް އެރީނާގެ ދަށުން ތަފާތު ކުޅިވަރުކުޅެވޭނެ އިންތިޒާމްތަކާއި، ރަށްރަށުގައި ޒުވާނުންގެ މަރުކަޒުތަކާއި، ޒުވާނުންގެ ކުޅިވަރު މުބާރާތް ތަކާއި، ކުށުގެ ވެށީގެގައި އުޅެމުން ދިޔަ ޒުވާނުންނަށް ރިހިބިލިޓޭޝަން ފުރުޞަތުތަކާއި އަދި މަތީ ތަޢުލީމުގެ ފުރުޞަތުތައް ހިމެނެއެވެ

ޕީ.ޕީ.އެމްގެ މުސްތަޝާރު އަދި ރައީސުލްޖުމްޙޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ސ. ހުޅުދޫގެ ތަރައްޤީގެ ފަސް މަޝްރޫޢެއްގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފި

ޕީ.ޕީ.އެމްގެ މުސްތަޝާރު އަދި ރައީސުލްޖުމްޙޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ސ. ހުޅުދޫގެ ތަރައްޤީގެ ފަސް މަޝްރޫޢެއްގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފި

ޕީ.ޕީ.އެމްގެ މުސްތަޝާރު އަދި ރައީސުލްޖުމްޙޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ސ. ހުޅުދޫގެ ތަރައްޤީގެ ފަސް މަޝްރޫޢެއްގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ.

ސ. ހުޅުދޫގައި ހިންގި ފަސް މަޝްރޫޢުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕީ.ޕީ.އެމްގެ މުސްތަޝާރު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެފައިވަނީ، އިދިކޮޅު އެމް.ޑީ.ޕީގެ ސަރުކާރުގައި މީދޫގެ ފަސް ވަޒީރުން ތިއްބެވިނަމަވެސް މީދޫގައި އެއްވެސް މަޝްރޫޢެއް ހިންގާފާ ނުވާއިރު، އެމަނިކުފާނުގެ ސަރުކާރުން ހުޅުދޫއަށް މުޅި ޖުމްލަ 220 މިލިއަން ރުފިޔާ އަދި މީދޫއަށް 130 މިލިއަން ރުފިޔާ ޚަރަދުކުރަށްވާ މަޝްރޫޢުތައް ހިންގަވާފައިވާކަމަށެވެ.

އެހެންކަމުން، އިދިކޮޅު ފަރާތްތަކުން ސަރުކާރު ހިންގާފައިވާގޮތަށް ބެލުމުން ދޭހަވެގެންދަނީ އެފަރާތްތަކުގެ ވިސްނުމުގައި ތަރައްޤީގެ ފިކުރެއްނެތްކަމާއި، އެފަދަ ބަޔަކާއެކު ކުރިއަށް ގޮސްފިނަމަ ތަރައްޤީ ލިބުން އެއީ ދުރުގައި އޮތްކަމެއްކަމުގައެވެ. އަދި  އެމަނިކުފާނުގެ ވާހަކަފުޅުގައި، ދީނާއި ޤައުމަށްޓަކައި އަދި ޤައުމުގެ އިސްތިޤުލާލު ދެމެހެއްޓުމަށްޓަކައި އިދިކޮޅު ފަރާތްތަކަށް ކުރިއަށްއޮތް ރިޔާސީ އިންތިޙާބުގައި ނޫނެކޭ ބުނަންޖެހޭކަންވަނީ ތަކުރާރު ކުރައްވާފައެވެ.

ސ.ހުޅުދޫގެ ރައްޔިތުންނާއި ވާހަކަފުޅު ދައްކަވަމުން ޕީ.ޕީ.އެމްގެ މުސްތަޝާރު ވިދާޅުވެފައިވަނީ، ޕީ.ޕީ.އެމްގެ ސަރުކާރަކަށް ދެވަނަ ފުރުސަތެއް ލިބިއްޖެކަމުގައިވަނީނަމަ މިއަހަރު ނިމުމުގެ ކުރިން ހުޅުމީދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފައްޓަވާދެއްވާނެކަމަށް ވައުދުވެ ވަޑައިގެންފައިވެއެވެ.

ހަމައެހެންމެ، މީދޫގައި ބޮޑު އިސްލާމިކް ސެންޓަރެއް ޤާޢިމްކޮށްދިނުމުގެ ވިސްނުންފުޅެއް ގެންގުޅުއްވާކަމަށާއި، އައްޑުއަތޮޅަކީ ދެ ބައްރަކަށް އޮތްތަނަކަށްވެފައި ޖޯގްރަފީއަށް ބަލައިގެން ސިޓީ ހަދާ އުސޫލަށް ބަދަލުގެނެސް ކޮންމެ ސިޓީއެއްގައި 500 ހައުސިންގ ޔުނިޓް އަޅުއްވާ ދެއްވާނެކަމަށް ވިދާޅުވެފައިވެއެވެ. އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލެއްވެވީ މީދޫ އާއި ހިތަދޫއާ ދެމެދު ބްރިޖެއް އަޅާދެއްވާ މުޅި އައްޑޫސިޓީ ގުޅާލަދެއްވާނެކަމުގެ އުފާވެރި ޚަބަރު އައްޑޫސިޓީގެ ރައްޔިތުންނަށް ދެއްވަމުންނެވެ

ކެމްޕޭން ދަތުރުފުޅުގައި ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދާއި އެމަނިކުފާނުގެ ޓީމް ހދ އަދި ށ އަތޮޅައަށް ވަޑައިގަތުން

ކެމްޕޭން ދަތުރުފުޅުގައި ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދާއި އެމަނިކުފާނުގެ ޓީމް ހދ އަދި ށ އަތޮޅައަށް ވަޑައިގަތުން

ޕީ.ޕީ.އެމްގެ އިންތިޚާބީ ބައިވެރިޔާ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިހާރު ކުރައްވަމުން ގެންދަވާ ކެންޕޭން ދަތުރުފުޅެއްގައި ޕީ.ޕީ.އެމްގެ އިސްބޭފުޅުންނާއިއެކު މިއަދު ށ އަތޮޅުގެ ތިން ރަށަކަށް ވަޑައިގަންނަވާނެއެވެ.

ހަ ދުވަހުގެ މުއްދަތަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި މިއަދު ހެނދުނު ފޯކައިދޫއަށް ވަޑައިގެން އެރަށުގެ ޕީ.ޕީ.އެމް މެމްބަރުންނާ ބައްދަލުކުރައްވާ ޑޯޓުޑޯ ގެ ހަރަކާތްތައް ކުރިއަށް ގެންދަވާފައެވެ.

ރަނިންމޭޓާއި ކެންޕެއިން ޓީމް މިއަދު މެންދުރުފަހުގެ ވަގުތެއްގައި މަރޮށި އަދި ކޮމަންޑޫއަށް ފުރާވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

އެމަނިކުފާނު މި ދެރަށަށް ވަޑައިގެން އެރަށުގެ ޕީ.ޕީ.އެމް މެންބަރުންނާ އެންމެ ގާތުން ބައްދަލުކުރައްވާނެއެވެ.

އަދި ހަމަ އެރަށުގައި ޑޯޓުޑޯ ގެ ހަރަކާތްތައް ކުރިއަށް ގެންދެވުމަށްވަނީ ރާއްވަވާފައެވެ.ޖުމްލަ ދިހަ ރަށަކަށް ވަޑައިންނަވާ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރަނިންމޭޓް އާއި ކެމްޕޭން ޓީމް މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގައެވެ.

އެމަނިކުފާނު ހދ. ހަނިމާދޫ، ހދ ނޮޅިވަރަމް، ހދ. ކުޅުދުއްފުށި، ހދ. ކުމުންދޫ، ހދ ނެއްލައިދޫ، އަދި ހދ. ނާވައިދޫއަށް ވަޑައިގަތުމުން އެމަނިކުފާނަށް މި ރަށްތަކުގެ ރައްޔިތުން ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައިވެއެވެ

ޕީ.ޕީ.އެމް ގެ އިންތިހާބީ ބައިވެރިޔާ ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ހދ. އަދި ށ. އަތޮޅަށް ކުރައްވާ ކެމްޕޭން ދަތުރުފުޅު

ޕީ.ޕީ.އެމް ގެ އިންތިހާބީ ބައިވެރިޔާ ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ހދ. އަދި ށ. އަތޮޅަށް ކުރައްވާ ކެމްޕޭން ދަތުރުފުޅު

ޕީޕީއެމްގެ ރަނިންގ މޭޓް ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ހދ އަދި ށ އަތޮޅުގެ ބައެއް ރަށްރަށަށް 6 ދުވަހުގެ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ. މިއީ 23 ސެޕްޓެމްބަރ 2018 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި މުސްތަޝާރް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމަށް ތާއީދު ހޯއްދެވުމަށް ރަނިންގމޭޓް ޑޮކްޓަރ ޝަހީމް، ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި އިއްޔެ ހދ. ހަނިމާދޫއަށް ވަޑައިގަތުމުން އެރަށު ޕީޕީއެމްގެ މެމްބަރުންގެ ފަރާތުން އެމަނިކުފާނަށް ހޫނު ތަރުޙީބެއް ލިބިގެންދެއެވެ.

މިދަތުރުފުޅުގައި އެމަނިކުފާނު ހދ. ހަނިމާދޫގައި ޑޯޓުޑޯ ގެ ހަރަކާތްތަކެއް ކުރިއަށް ގެންދެވުމުގެ އިތުރުން  އެރަށުގައި ވަނީ ވަރަށް ފޯރިގަދަ ޖަގަހަ ޖަލްސާ އެއްވެސް ބާއްވާފައެވެ.

މި ކެމްޕޭން ދަތުރުފުޅުގައި އެމަނިކުފާނު މިއަދު ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހދ. އަތޮޅުގެ ނޮޅިވަރަމް، ކުރިނބީ އަދި ކުޅުދުފުއްޓަށެވެ. މި ރަށްރަށުގައި ޢާއްމު ފަރާތްތަކާއި ވަކި ވަކިން ބައްދަލުކުރައްވާ ޖަގަހަ ބައްދަލުވުންތައް ކުރިއަށްގެންދަވަން ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އަތޮޅުގެ ރަށްތައް ކަމުގައިވާ ކުމުންދޫ، ވައިކަރަދޫ، ނައިވައިދޫ، އަދި ނެއްލައިދޫއަށް ވަޑައިގަތުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ށ އަތޮޅުން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ފޯކައިދޫ، މަރޮށި އަދި ކޮމަންޑޫއަށެވެ. މި ރަށް ރަށުގެ މެމްބަރުންނާއި ޢާއްމު ފަރާތްތަކާއި ބައްދަލުކުރައްވާ ޖަގަހަ ޖަލްސާތައް ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ.

ރަނިންމޭޓް ޑޮކްޓަރ ޝަހީމް، ރާއްޖޭގެ އެކި ކަންކޮޅުތަކައް ކުރައްވަމުން ގެންދަވާ ދަތުރުފުޅު ތަކުގެ ސަބަބުން ޢާއްމުންގެ ތާޢީދާއި ކެމްޕޭންގެ ޖޯޝާ ފޯރި ދުވަހެއް ދުވަހަކަށް ދަނީ އިތުރު ވަމުންނެވެ.

މި ދަތުރުފުޅު ނިންމާލެއްވުމަށްފަހު އެމަނިކުފާނު އެނބުރި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ 06 ސެޕްޓެންބަރ 2018 ވާ ބުރާސްފަތި ދުވަހުއެވެ