Progressive Party of Maldives

Category: Election

“އެންމެން އެކަކަށް” ސައިކަލްބުރު.

“އެންމެން އެކަކަށް” ސައިކަލްބުރު.

ރައީސް ޔާމީން ގެ ކެޕްޕެއިން ނިންމާލުމުގެ ގޮތުން ބާއްވާ ޙާއްސަ ސައިކަލް ބުރެއް މިއަދު ހަވީރު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ޕީ.ޕީ.އެމްގެ މުސްތަޝާރު ރައީސުލްޖުމްޙޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބައިވެރިވެ ވަޑައިގެންނާ މި ސައިކަލްބުރު ފެށުމަށް ހަމަޖެހިފައިވަނީ އާޓިފިޝަލް ބީޗް (ޕީ.ޕީއެމް ޖަގަހަ ކުރިމަތި) 16:00- 18:00 ށެވެ.
ޕީ.ޕީއެމްގެ ވަރަށް ގިނަ ސަޕޯޓަރުން ބައިވެރިވާ މިސައިކަލްބުރުގައި ބައިވެރި ވުމަށް ހުރިހާ ދިވެހި ރައްޔިތުންނަށް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ޕީ.ޕީއެމްއިން މައުލޫމާތު ދެއްވައެވެ.

ޕީ.ޕީ.އެމްގެ މުސްތަޝާރު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހދ. ކުޅުދުއްފުށި އެއަރޕޯޓް ހުޅުއްވައިދެއްވައި، އެރަށުގައި ޤާއިމްކޮށްފައިވާ ބޮޓްލިންގް ފެކްޓްރީގެ ޚިދުމަތް ފަށްޓަވައިދެއްވައިފި

ޕީ.ޕީ.އެމްގެ މުސްތަޝާރު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހދ. ކުޅުދުއްފުށި އެއަރޕޯޓް ހުޅުއްވައިދެއްވައި، އެރަށުގައި ޤާއިމްކޮށްފައިވާ ބޮޓްލިންގް ފެކްޓްރީގެ ޚިދުމަތް ފަށްޓަވައިދެއްވައިފި


ޕީ.ޕީ.އެމްގެ މުސްތަޝާރު ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހދ. ކުޅުދުއްފުށި އެއަރޕޯޓް ހުޅުއްވައިދެއްވައި، އެރަށުގައި ޤާއިމްކޮށްފައިވާ ބޮޓްލިންގް ފެކްޓްރީގެ ޚިދުމަތް ފަށްޓަވައިދެއްވައިފިއެވެ.އެއަރޕޯޓް ހުޅުއްވައިދެއްވުމަށް ރަންވޭ ސަރަޙައްދުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޢަބްދުﷲ ޔާމީން ވަނީ މިއަހަރު ނިމުމުގެ ކުރިން އެއާޕޯޓްގެ ޓާރމިނަލްގެ މަސައްކަތް ނިމޭނެކަމަށް ވަޢުދުވެވަޑައިގަންނަވައިފައެވެ. އަދި މީގެ އިތުރުން ކުޅުދުއްފުއްޓަކީ އުތުރުގެ އިޤްތިޞާދީ ނާރެސްކަމަށް ވިދާޅުވެ، ކުޅުދުއްފުށި ސަރަޙައްދަށް ފަތުރުވެރިކަން ތައާރަފްވެ، މި ސަރަހައްދުން 3000 އެނދު ތަރައްޤީ ކުރެވި، ކުޅުދުއްފުށީގައި ގެސްޓް ހައުސް ވިޔަފާރި ކުރިއަށްދާނެ ކަމަށް އެމަނިކުފާނު ވަނީ ވައުދުވެވަޑައިގެންނަވައިފައެވެ.

ބޯ ވާރޭގައި ހުންނަވައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަށްވުރެ ދަތި އުދަނގޫކޮށް ފަސް އަހަރުގެ ޒަޢާމަތެއް ހޭދަކުރައްވާފައިވާ ރައީސެއް ނުހުންނާނެ ކަމަށެވެ. ރައްޔިތުންގެ މަޖިލީހާއި ފަޑިޔާރުގޭގެ އިތުރުން އެމަނިކުފާނު ނިސްބަތްވާ ޕާޓީ އާއި ގާތްމީހުން ވެސް ޤާނޫނާ ޚިލާފަށް މިވެރިކަން ނިމުމަކަށް ގެންނަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެހެންކަމުން މިމަހު 23 ވަނަ ދުވަހު ރައްޔިތުން އެފަދަ ގޮތެއް އެމަނިކުފާނަށް ނުހެއްދެވުމަށް އެދިވަޑައިގަތެވެ. 23 ވަނަ ދުވަހަކީ ގައުމަށް ދަރަނި އަދާކުރަންޖެހޭ ދުވަސްކަމަށާއި އަދި ވޯޓު ދެއްވަންވީ އިސްލާމްދީނާއި ޤައުމިއްޔަތާއި މިނިވަންކަމާއި ތަރައްޤީއަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކުޅުދުއްފުށީ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސައިފި

ކުޅުދުއްފުށީ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސައިފި

ކުޅުދުއްފުށީ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސައިފި އެވެ. ކުޅުދުއްފުށީގައި އެއާޕޯޓެއް ހެދުމަކީ 2013 ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ޕީ.ޕީ.އެމްގެ މުސްތަޝާރު އަދި ރައީސުލްޖުމްޙޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވެވައިގެންނެވި ވައުދެކެވެ.

ތަފާތު ގޮންޖެހުނަތަކަކާއިއެކުވެސް ރަންވޭގެ މަސައްކަތް ނިމިފައި މިވަނީ ދައުރު ނިމެން ކައިރިވެފައި ވަނިކޮށެވެ. ރާއްޖޭން އުތުރުގެ މައި ރަށް، ހދ. ކުޅުދުއްފުށީގެ ކުޅި ހިއްކައިގެން ހެދި ޑޮމެސްޓިކް އެއާޕޯޓަށް ޓެސްޓް ފްލައިޓްގައި  ޕީޕީއެމްގެ ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ވެސް ރަށަށް ވަޑައިގަތެވެ.

އަދި ޗީފް އޮފް ޑިފެންސްފޯސް އަހުމަދު ޝިޔާމާއި އައިލެންޑް އޭވިއޭޝަނާއި އޭވިއޭޝަން ދާއިރާގެ އިސް ބޭފުޅުން ޓެސްޓް ފްލައިޓުގައި ކުޅުދުއްފުއްޓަށް ވަޑައިގެންނެވިއިރު މިއީ ޕީޕީއެމްއިން ހދ. އަތޮޅުގެ ތަރައްޤީއަށް އިސްކަންދޭ މިންވަރު ހާމަކޮށްދޭ ކަމެކެވެ. މިއަދު މެންދުރު 2:20 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރި މޯލްޑިވިއަންގެ ޑޭޝް މަރުކާގެ ފްލައިޓް ކުޅުދުއްފުށީ އެއާޕޯޓުގައި ޖެއްސީ ހަވީރު 3:10 ގަ އެވެ.

އާބާދީގައި 9000 އަށް ވުރެ ގިނަ މީހުން ރަޖިސްޓަރީ ވެފައިވާ ކުޅުދުއްފުށީ އެއާޕޯޓަކީ މި ރަށާއި އަތޮޅުގެ ގިނަ ބައެއްގެ އުންމީދަކަށް ވާއިރު، ފުރަތަމަ ފްލައިޓް ޖެއްސުމާ އެކު ހޫނު މަރުހަބާއެއް ރަށުގެ މީހުންގެ ފަރާތުން ވަނީ ކިޔައިފަ އެވެ. މަތިންދާބޯޓު ޖެއްސިތަން ބަލަން އެއްވެ ތިބި އެކި އުމުރުގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ އުފަލުން ފޮޅިފަ އެވެ.

ދީނީ ޢިލްމްވެރިންނާއި އިސްލާމީ މުފައްކިރުންގެ ބަސް – މިރޭ ދަރުބާރުގޭގައި

ދީނީ ޢިލްމްވެރިންނާއި އިސްލާމީ މުފައްކިރުންގެ ބަސް – މިރޭ ދަރުބާރުގޭގައި

ކުރިއަށް އޮތް ރިޔާސީ އިންތިޙާބާއިބެހޭގޮތުން ޢިލްމުވެރިންނާއި މުފައްކިރުން ދެކިލައްވާ ގޮތްތައް ހާމަކުރައްވައި ވާހަކަފުޅު ދައްކަވާލުމަށް ބޭއްވޭ ޖަލްސާއެއް މިރޭ ދަރުބާރުގޭގައި އޮންނާނެއެވެ. 

ކުރިއަށް އޮތް ރިޔާސީ އިންތިޙާބަށް ކުރިމަތި ލައްވާ ޕީ.ޕީ.އެމްގެ ކެނޑިޑޭޓް، ޕީ.ޕީ.އެމްގެ މުސްތަޝާރު އަދި ރައީސުލްޖުމްޙޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ތާޢީދު ކުރައްވަވާ ސަބަބުތަކާއި މިކަމުގައި ގައި ޢިލްމުވެރިންނާއި މުފައްކިރުން ދެކިލައްވާ ގޮތްތައް ހާމަކުރައްވައި ވާހަކަފުޅު ދައްކަވާލުމަށްބޭއްވޭ ޖަލްސާއެކެވެ.

މިޖަލްސާގައި ރައީސް ޔާމިންގެ އިންތިޙާބީ ބައިވެރިޔާ ޑރ ޝަހީމް ވާހަކަފުޅު ދައްކަވާނެއެވެ.

މީގެ އިތުރުންވެސް ދިވެހި ރާއްޖޭގެ މަޝްހޫރު މުފައްކިރުން ވާހަކަފުޅު ދެއްކެވުމަށްވަނީ ހަމަޖެހިފައެވެ. މިޖަލްސާ ބޭއްވުމަށްހަމަޖެހިފައިވަނީ މިރޭ ދަރުބާރުގެ ރަންނަބަނޑޭރި މާލަމްގައި 08:45 ގައެވެ.

ރައީސްޔާމިނަށާއި ޑރ ޝަހީމަށް ތާއީދު ކުރައްވާ އެންމެހާ ފަރާތްތައް މި ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ޕީ.ޕީ.އެމްއިން އިލްތިމާސް ކުރެއެވެ.

ޕީ.ޕީ.އެމްއިން އިންޒާމް ކޮށްގެން ބޭއްވި ބޮޑު ޖަލްސާ “އެންމެން އެކަކަށް”

ޕީ.ޕީ.އެމްއިން އިންޒާމް ކޮށްގެން ބޭއްވި ބޮޑު ޖަލްސާ “އެންމެން އެކަކަށް”

ޕީ.ޕީ.އެމްގެ މުސްތަޝާރު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބައިވެރިވެ ވަޑައިގެންނެވި ބޮޑު ޖަލްސާ، “އެންމެން އެކަކަށް” ވަރަށް ފުރިހަމަ ކާމިޔާބަކާއިއެކު ނިންމާލައިފިއެވެ.

މާފަންނު ސްޓޭޑިއަމްގެ ވެލި ދަނޑު ފުރާލާފައިވާ ސަޕޯޓަރުންނާއެކު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ޓީމުން ރާއްޖެއަށް ކޮށްދެއްވި ކަންތައް ފެންނަން އެބަހުރި ކަމަށެވެ. ދިވެހި ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި، އެހެންނަމެސް ރައްޔިތުންނަށް މިކަންކަން ފޯރުކޮށްދިނުމަށްޓަކައި މިސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަން އެމަނިފުނާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީން ވިދާޅުވީ މިސަރުކާރުން މިކުރާ މަސައްކަތަކީ ސިޓީތައް ބިނާ ކުރުން ކަމަށާއި، ސިޓީތަކަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ބިނާކޮށްދިނުން ކަމަށެވެ. މިސަރުކާރުން ކޮށްފައިވާ ބައެއް ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވާހަކަފުޅުގައި މިސަރުކާރުގައި 130 ރަށެއްގައި ބަނދަރު ހަދައިދެވިފައިވާކަމާއި، ރާއްޖޭގެ 75 އިންސައްތައަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވިފައިވާކަމާއި، ރާއްޖޭގެ 58 އިންސައްތައަށް ސާފުބޯފެނުގެ ޚިދުމަތް ފޯރުކޮށް ދެވިފައިވާކަމާއި، ކޮންމެ ރަށެއްގައި ބޭސްފިހާރައެއްގެ ޚިދުމަތްދެވޭ ކަމާއި، މުޅި ރާއްޖޭގައި 12 އެއަރޕޯޓް އެޅެމުންދާކަން ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ދައުރުގައި ފެނާއި ކަރަންޓް ފަދަ އަސާސީ ޚިދުމަތްތަކުގެ އަގު ހެޔޮކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސަރުކާރު ކުންފުނިތަކުގެ ބޯޑުތަކުގެ 20 އިންސައްތައަކީ އަންހެނުން ކަމުގައި ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދު ފުއްދެވުމާއެކު ދެވަނަ ދައުރު ނިމޭއިރު މިއަދަދު 50 އިންސައްތައަށް އިތުރުކުރައްވާނެ ކަމަށެވެ. ޒުވާނުންނާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ޒުވާނުންނަށް އެންމެ ދަތިވެފައި ވަނީ ވަޒީފާގެ ފުރުސަތު ހޯދުންކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިސަރުކާރަކީ ޒުވާނުންގެ ސަރުކާރެއްކަމަށާއި، ޒުވާނުންގެ ބޭނުންތައް ފުއްދަވައިދެއްވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ، އަންނަ އާދިއްތު ދުވަހު ރިޔާސީ އިންތިޚާބު ބާއްވާއިރު، ކަންކަމާ މެދު ސީރިއަސްކޮށް ވިސްނަންޖެހޭ ކަމަށެވެ

ޤައުމީ ފުޓްބޯޅަ ޓީމަށް ހޫނު މަރުހަބާ ކިޔުމަށް ޕީ.ޕީ.އެމުން ތައްޔާރުވަނީ

ޤައުމީ ފުޓްބޯޅަ ޓީމަށް ހޫނު މަރުހަބާ ކިޔުމަށް ޕީ.ޕީ.އެމުން ތައްޔާރުވަނީ

ޤައުމީ ފުޓްބޯޅަ ޓީމަށް ހޫނު މަރުޚަބާ ކިޔުމަށް ޕީ.ޕީ.އެމް ތައްޔާރުވަމުުން އެބަދެއެވެ. ޤައުމީކުލަ އެންމެ ބޮޑަށް ރަމްޒުކޮށްދޭ ރަތްކުލައިގެ ހެދުމެއްގައި ދިވެހި އެންމެހާ ރައްޔިތުން ނިކުމެ ޤައުމީ ޓީމަށް މަރުހަބާ ކިއުމަށް ޕީ.ޕީ.އެމް ވަރަށް ބޮޑަށް އެދެއެވެ. ޤައުމީ ޓީމަށް މަރުޚަބާ ވިދާޅުވުމަށްޓަކައި ސަރުކާރުގެ އިސްވެރިންނާއި، ފުޓްބޯޅަ އެސޯސިއޭޝަންގެ ބޭފުޅުންނާއި އަދި ވަރަށްގިނަ ބޭފުޅުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގަންނަވާނެއެވެ.

މީގެ އިތުރުން ގިނަ ޢަދަދެއްގެ ރައްޔިތުން ބުރިޖް ކައިރިއަށް ޖަމާކުރުމަށް ޕީ.ޕީ.އެމް މަސައްކަތް ކުރަމުން ދެއެވެ. ފުޓްބޯޅަ އެސޯސިއޭޝަންއިން ހާމަކުރާ ގޮތުގައި ޤައުމީ ފުޓްބޯޅަ ޓީމަށް ހޫނު މަރުޚަބާ ކިޔުމަށް ގިނަގުނަ ހަރަކާތްތަކެއް ކުރިއަށް ދާނެއެވެ.

ޤައުމީ ފުޓްބޯޅަ ޓީމު މާލެއަށް އަންނާނެ ގަޑިއަކީ ރާއްޖޭގެ ގަޑިން 15:00 ކަމަށް ވީއިރު ޤައުމީ ފުޓްބޯޅަ ޓީމު އަންނަ ފްލައިޓް ޖައްސަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭއަށެވެ. އިއްތިހާދު އެއާވޭސްގެ އެއާބަސް އޭ380 މަރުކާގެ މަތިންދާބޯޓު ހުޅުލެއަށް ޖައްސާއިރު މިއީ މިހާތަނަށް ރާއްޖެއަށް އަންނަ އެންމެ ބޮޑު ބޯޓެވެ. އަދި މިބޯޓު ގެ ޕައިލެޓަކީ ދިވެއްސެއްކަމަށްވާ އަލީ އަހްސަންއެވެ.

ސާފް ސުޒުކީ ކަޕްގެ ފައިނަލުގައި އިންޑިޔާ އަތުން 2-1 އިން މޮޅުވެ ދިވެހިރާއްޖޭން ނުވަ އަހަރަށްފަހު މުބާރާތް ކާމިޔާބުކުރުމުން ދިވެހިން ދަނީ ޓީމަށް ތަޢުރީފް ކުރަމުންނެވެ