Progressive Party of Maldives

Category: Election

ޕީ.ޕީ.އެމްގެ ރިޔާސީ ކެނޑިޑޭޓްގެ ރަނިންމޭޓް ޑޮކްޓަރ މުޙަންމަދު ޝަހީމް ޢަލީ ސަޢީދުގެ ކެމްޕޭން ހަރަކާތްތައް ލ. އަތޮޅުގައި

ޕީ.ޕީ.އެމްގެ ރިޔާސީ ކެނޑިޑޭޓްގެ ރަނިންމޭޓް ޑޮކްޓަރ މުޙަންމަދު ޝަހީމް ޢަލީ ސަޢީދުގެ ކެމްޕޭން ހަރަކާތްތައް ލ. އަތޮޅުގައި

ޕީ.ޕީ.އެމްގެ ރިޔާސީ ކެނޑިޑޭޓްގެ ރަނިންމޭޓް، ޑޮކްޓަރ މުޙަންމަދު ޝަހީމް ޢަލީ ސަޢީދު ލ.އަތޮޅަށް ކުރައްވާ ދަތުރުފުގައި ޕީޕީއެމްއަށް ތާއީދު ކުރާ ގިނަ ޢަދަދެއްގެ ރައްޔިތުން ނިކުމެ އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވަމުން އެބަދެއެވެ.

މިމަހު 24 ގައި ފެއްޓެވި މިދަތުރުފުޅުގައި ޑޮކްޓަރ ޝަހީމް ލ. ގަމާއި ފޮނަދޫގައި ދިރިއުޅުއްވާ ޕީޕީއެމްގެ އިސްބޭފުޅުންނާއި ބައްދަލު ކުރެއްވިއެވެ. މީގެ އިތުރުން ދޮރުން ދޮރަށް ހިންގަވާ ވަކިފިކުރެއް ބެއްލެވުމެއްނެތި ގިނަޢަދަދެއްގެ ރައްޔިތުންނާއި އެމަނިކުފާނު ބައްދަލު ކުރެއްވިއެވެ. އަދި މިމަހުގެ 25 ވަނަ ދުވަހު ކަލައިދޫއާއި އިސްދޫގައި ދޮރުން ދޮރަށް ހަރަކާތް ހިންގެވިއެވެ. މީގެ އިތުރުން އެމަނިކުފާނު މިއަދު އެ އަތޮޅުގެ ދަނބިދޫ، މާބައިދޫ އަދި މުންޑޫއަށް ދަތުރު ކުރައްވާނެއެވެ. މިރޭ ފޮނަދޫގައި ޖަގަހަ ހުޅުއްވާ ދެއްވުމައްފަހު ޚާއްޞަ ޖަލްސާއެއްވެސް ކުރިއަށް ދާނެެއެވެ.

މީގެ އިތުރުން އެމަނިކުފާނު ދީނީ ޢިލްމުވެރިންނާއި، އިމާމުންނާއި އަދި މުދިމުންނާއި ބައްދަލުކުރައްވާ އެބޭފުޅުންގެ ތަރުޙީބު ހޯއްދަވަމުން ގެންދެއެވެ. އަދި ޒުވާނުންނާ އިސްރަށްވެހިންގެ ތާއީދާއި ސަޕޯޓު އެމަނިކުފާނަށް ލިބެމުންދެއެވެ

ޕީ.ޕީ.އެމްގެ މުޝްތަޝާރު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރިޔާސީ ކެމްޕޭން ހަރަކާތްތައް އަތޮޅު ތެރޭގައި

ޕީ.ޕީ.އެމްގެ މުޝްތަޝާރު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރިޔާސީ ކެމްޕޭން ހަރަކާތްތައް އަތޮޅު ތެރޭގައި

ޕީޕީއެމްގެ މުޝްތަޝާރު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރިޔާސީ ކެމްޕޭން ހަރަކާތްތައް ރަސްމީކޮށް އަތޮޅު ތެރޭގައި ފައްޓަވައިފިއެވެ. އެގޮތުން އެމަނިކުފާނު ވަނީ ފ. އަތޮޅުގެ ބައެއް ރަށްރަށަށް މިމަހު 24 އަދި 25 ވަނަ ދުވަހު ޒިޔާރަތް ކުރައްވާ، އެ އަތޮޅުގެ ގިނަ ޢަދަދެއްގެ ރައްޔިތުންނާއި ބައްދަލު ކުރައްވާފައެވެ. އެމަނިކުފާނު އެ އަތޮޅުގެ މަގޫދޫ، ބިލެއްދޫ، ފީއަލީ، ދަރަނބޫދޫ އަދި ފ. ނިލަންދޫއަށް ވަޑައިގަތުމުން  އެ ރަށްތަކުންވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

މި ކެމްޕޭން ދަތުރުގައި ޕީޕީއެމްގެ މުޝްތަޝާރު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަރިހުގައި ޕީޕީއެމްގެ ނައިބުރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އޮނަރަބަލް ޢަބްދުއްރަހީމް ޢަބްދުﷲ އާއި، ށ. މިލަންދޫ ދާއިރާގެ މެންބަރު އޮނަރަބަލް ޙަސަން މުފީދުވެސް ބައިވެރިވެ ވަޑައިގަތެވެ.

މިދަތުރުގައި ފ. ނިލަންދޫގައި ވަރަށް ފޯރިގަދަ ޖަލްސާއެއް އޮތެވެ. މި ޖަލްސާގައި ނިލަންދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޚަލީލް އަދި ބިލެއްދޫ ދާއިރާގެ މެންބަރ އަޙުމަދު މުބީން ބައިވެރިވެ ވަޑައިގަތެވެ

ތަރައްޤީގެ ޕްރޮޖެކްޓްތައް ނުހިންގާކަމަށް އިދިކޮޅު ފަރާތްތަކުން ވާހަކަ ދެއްކިނަމަވެސް އެމީހުން އެ ހަޤީގަތް ޤަބޫލެއް ނުކުރޭ- ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް

ތަރައްޤީގެ ޕްރޮޖެކްޓްތައް ނުހިންގާކަމަށް އިދިކޮޅު ފަރާތްތަކުން ވާހަކަ ދެއްކިނަމަވެސް އެމީހުން އެ ހަޤީގަތް ޤަބޫލެއް ނުކުރޭ- ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް

ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ބިނާކުރެއްވި ތަރައްޤީގެ ޕްރޮޖެކްޓްތައް ނުހިންގާކަމަށް ވާހަކަ ދެއްކިނަމަވެސް އެމީހުން އެ ހަޤީގަތް ޤަބޫލެއް ނުކުރާކަމަށް އެމަނިކުފާން ވިދާޅުވެއްޖެއެވެ. ރައީސް ޔާމިން މިހެން ވިދާޅުވީ ފ. ނިލަންދޫގައި ބޭއްވި އެމަނިކުފާނުގެ ކެމްޕޭން ޖަލްސާގައެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އިދިކޮޅުފަރާތްތަކުގެ ކެމްޕޭންގައި ރައީސް ޔާމިން ދިވެހިރާއްޖޭގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގަނީ އިދިކޮޅުމީހުން ވެރިކަމުގައި ހޯދި ފައިސާއިން ކަމަށް އެފަރާތްތަކުން ބުނަމުން ދާތީއެވެ. މީގެ އިތުރުން ވޭމަންޑޫގައި ނަރުދަމާ އަޅާފައިވަނިކޮށް ނަރުދަމާ އަޅާދޭނެކަމަށް އިދިކޮޅުފަރާތްތަކުން ވަޢުދު ވުމުންނާއި އަދި ކުޅުދުއްފުށީ އެއާޕޯޓު ސަރަހައްްދު ބަައްލަވާފައި އެ އާޕޯޓް ތަރައްޤީ ކުރަށްވާނެކަމަށް އިބްރާޙިމް މުޙަންމަދު ސޯލިޙް ވިދާޅުވުމުން އެމީހުންގެ ހިތުގެ އަޑީން ރައީސް ޔާމިން ގެންނެވި ތަރައްޤީ އެފަރާތްތަކުން ޤަބޫލުކުރާކަން ދޭހަވާކަމަށް އެމަނިކުފާން ވިދާޅުވިއެވެ.

ދިވެހި ރާއްޖޭގައި “އެންމެ ފުރަތަމަ ޤައުމު”ގެ މޮޓޯގެ ބަދަލުގައި “ދިވެހިޤައުމުގައި އިސްލާމްދީން” މި މޮޓޯ އޮންނަން ފެނިވަޑައިގަންނަވާކަމަށާއި އަދި އެމަނިކުފާނުގެ މަސައްކަތްޕުޅަކީ އިސްލާމްދީން މިޤައުމުގައި ދެމެހެއްޓެވުމަށް ކުރައްވާ މަސައްކަތްޕުޅެއް ކަމުގައި ފާހަގަ ކުރެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، އިދިކޮޅު ލީޑަރުން ޤައުމުގެ ދާޚިލީ ކަންކަމަށް ބެހެން ގޮވާކަމާއި ބޭރުގެ އަސްކަރިއްޔާއިން ރާއްޖެ ހިފަން ޖެހޭކަމަށް ކެނޑިނޭޅި ބުނަމުންދެއެވެ. އެފަރާތްތަކުން ރާއްޖޭގައި އަސްކަރިއްޔާ އޮންނަން ނުޖެހޭނެކަމަށް ވަކާލާތުކުުރުމުގެ އިތުރުން ރާއްޖޭގެ އެއާޕޯޓެއް އޮތިއްޔާ ވިއްކާލަން މަސައްކަތް ކުރާކަމަށް ފާހަގަ ކުރެއްވިއެވެ. ރައީސް ޔާމިން ފާހަގަ ކުރެއްވި ގޮތުގައި ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ އުމުރުން 65 އަހަރުވެފައިވާ ފަރާތްތަކަށް ވެރިކަމަށް ނާދެވޭނެ އިޞްލާޙް އަދި ރާއްޖޭގެ ބިން ވިއްކާ އިސްލާޙްއަށް އެމްޑީޕީ އަދި ޖުމްހޫރީ ޕާޓީ ވޯޓް ދިނުމަށްފަހު މިހާރު އެއާއި ދެކޮޅަށް ވާހަކަ ދައްކައެވެ. ރައީސް ޔާމިން އިތުރަށް ވިދާޅުވީ، މިސަރުކާރުން 20 ރަށް އުފެދޭވަރަށް ބިން ހިއްކައިފިކަމާއި އަދި 8 މިލިއަން މީހުންނަށް ޚިދުމަތް ދެވޭވަރަށް އެއާޕޯޓް ތަރައްޤީ ކުރަނީ ދިވެހިންނަށް ވަޒީފާ ހޯދާ ދިނުމަށްޓަކައެވެ.  

މިޖަލްސާގައި ނިލަންދޫގެ ގިނަޢަދަދެއްގެ ރައްޔިތުން ބައިވެރިވެފާވާއިރު ނިލަންދޫއަކީ ވަރަށް ވަތަނީލޯބި ހުރި ރައްޔިތުންތަކެއްކަމާއި އަދި ތަޢުލީމަށް އިސްކަންދެއްވާ ރައްޔިތުން ދިރިއުޅުއްވާ ރަށެއްކަން ފާހަގަ ކުރެއްވިއެވެ. ދިވެހި ރާއްޖޭގައި ޤައުމުދެކެ ލޯބިވާ ދަރިން އުފެދެން ޖެހޭކަމާއި ސިޔާސީ ހަރަކާތް ތަކުގައި އަބަދު ފިކުރުބަދަލުވެ “ދުލިފަށް ބަދަލުކުރާ” މީހުން ގިނަކަމަށްވެސް ފާހަގަ ކުރެއްވިއެވެ.

ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ފ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ނިލަންދޫގެ އިތުރުން އެ އަޮތޮޅުގެ ބިލެއްދޫ، ފީއަލީ އަދި ދަރަބޫދޫއަށް ވަޑައިގެތެވެ. މި ދަތުރުފުޅުގައި ގިނަ ޢަދަދެއްގެ ރައްޔިތުން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ  

ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް އެންޕްލޯއިމަންޓް ބެނެފިޓް ސްކީމް

ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް އެންޕްލޯއިމަންޓް ބެނެފިޓް ސްކީމް

ފަތުރުވެރިކަމަކީ ރާއްޖޭގެ އާބާދީގެ އެންމެ ބޮޑުބައެއް ޙިއްސާވާ ދިވެހިރާއްޖެއަށް އެންމެގިނަ ފައިސާ ވަންނަ ދޮރާއްޓެވެ. ދިވެހި މަސައްކަތްތެރިން މަސައްކަތްކުރާނެ އެކަށީގެންވާ މާޙައުލެއް ރިސޯޓްތަކުގައި ނެތްކަމާއި، އާއިލާތަކާއި ދުރުގައި ވަޒީފާ އަދާކުރަން ޖެހުމާއި، ވަޒީފާގެ އިނާޔަތްތައް ދިނުމުގައި ބިދޭސީންނާއި ދިވެހިންނާއި ދެމެދު ވަރަށް ބޮޑުފަރަޤެއް ވާކަން ދިވެހި އާއިލާތަކުން އަބަދުވެސް އަންނަނީ ހިތާމަޔާއެކު ފާހަގަ ކުރަމުންނެވެ.  

އެހެންނަމަވެސް މި ތަފާތު ކުޑަކުރައްވާ ދިވެހިންނަށް ނުހަނު ފައިދާވާނެ އެންޕްލޯއިމަންޓް ބެނެފިޓް ސްކީމެއް ތަޢާރަފް ކުރައްވާނެ ކަމަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ ވިދާޅުވެފައެވެ. މި ސްކީމަކީ 100 މިލިއަން ރުފިޔާއިން ފެށޭ ސްކީމަކަށް ވީނަމަވެސް މުވައްޒަފުންގެ ތަރުޙީބް ލިބެމުންދާނަމަ 500 މިލިއަން ރުފިޔާއަށް ބޮޑުކުރެވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ސްކީމްގެ ތެރޭން މުވައްޒަފުންނަށް ގެދޮރު ހޯދުމަށާއި، ހިޔާވަހި މަޝްރޫޢުތަކަށް ފައިސާ ޑިޕޮސިޓް ކުރުމާއި، ގެދޮރު ހެދުމަށް ބޭނުން ކުރެވޭނެއެވެ. މި ސްކީމްގެ ސަބަބުން އިންވެސްޓް ކުރުމުގެ ފުރުސަތު ލިބި ދިރާގު ފަދަ ކުންފުނި ތަކުން ޙިއްސާގަތުމަށް މަގު ފަހިވެގެން ދާނެއެވެ. އަދި ޒުވާނުންގެ ބޭނުންތައް ބެއްލެވުމަށްފަހު އެމީހުން އެންމެ އެދޭ ކުންފުނި ތަކުން މުޢާމަލާތް ކުރުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.

އަތޮޅުތެރޭގައި ވަޒީފާގެ ފަހި ފުރުސަތުތައް

އަތޮޅުތެރޭގައި ވަޒީފާގެ ފަހި ފުރުސަތުތައް

ފަތުރުވެރިކަން ރާއްޖޭގައި ފެށުނުނަމަވެސް އޭގެ ނަފާ ރައްޔިތުންގެ މެދުގައި ހަމަހަމަކަމާއިއެކު ބެހޭނެގޮތެއް ކޮންމެ ރައްޔިތަކުވެސް ބޭނުންވެއެވެ. މިސަރުކާރުގެ އަމާޒަކީ ޒުވާނުންނަށް ފަތުރުވެރިކަމުން އިތުރުވަޒީފާތައް އުފެދި އަދި ރަށްރަށުގެ ރައްޔިތުންނަށްވެސް ފަތުރުވެރިކަމުގައި ސީދާގޮތެއްގައި ބައިވެރި ކުރުމެވެ.

އެގޮތުން ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފިނަމަ ހދ. އަތޮޅުގައި 3000 އެނދު އަޅުއްވާ ގެސްޓްހައުސްތަކަށް  ބޭނުންވާނެ ހުރިހާ ވަސީލަތެއް ފުރިހަމަ ކޮށްދެއްވާނެއެވެ. ފަތުރުވެރިކަން ތަރައްޤީ ކުރުމަށް މާލެ އަތޮޅުން ފަސް ފަޅެއް ތަރައްޤީ ކުރަށްވާ ގދ.   އަތޮޅުގައި 6000 އެނދު، ގއ. އަތޮޅުގައި 4000 އެނދު ހިމެނޭގޮތުން ގއ އަދި ގދ އަތޮޅުގައި ފުރަތަމަ 3 އަހަރުގައި 10000 އެނދު އުފައްދަވާނެއެވެ. ގދ. އަތޮޅު ފަތުރުވެރިކަމުގެ ހަބަކަށް ހައްދަވާ، މަޑަވެލި، ހޯޑެއްދޫ އަދި ނަޑައްލާގައި 1400 އެނދު ތަރައްޤީ ކުރައްވާނެއެވެ. މީގެ އިތުރުން 500 މިލިއަން ރުފިޔާ ފަތުރުވެރިކަމަށް ހޭދަކުރައްވާ ހަމައެކަނި ފަރެސްމާތޮޑާ ދާއިރާގައި   3000 އެނދު އުފައްދަވާ 5000 ވަޒީފާ އެދާއިރާގައި އުފައްދަވާނެއެވެ. ގދ. ގައްދޫގައި 6000 އެނދު އުފައްދަވާ ގައްދޫ ދާއިރާގައި 21 ރަށެއް ތަރައްޤީ ކުރައްވާ 4200 އެނދު އުފައްދަވާނެއެވެ. އޭގެ ސަބަބުން 7000 މީހުންގެ ވަޒީފާ އުފެދި އެ އަތޮޅުގެ ޒުވާނުންނަށް އިޤްތިޞާދީ ގޮތުންނާއި ޢިޖްތިމާއީ ގޮތުން އެތައް ފައިދާއެއް ކުރާނެއެވެ. ގއ. ކޮނޑޭގައި 4000 އެނދު އުފައްދަވާ 1500 ޒުވާނުންނަށް ތަފާތު ވަޒީފާތައް އުފައްދަވާނެއެވެ. ގއ. ކޮލަމާފުށީގައި 3 ރިޒޯޓް ތަރައްޤީކުރަށްވާ ގއ. ވިލިގިލި ކައިރީގައި 3 ރިޒޯޓް އުފައްދަވާ 1000 ވަޒީފާ އުފައްދަވާނެއެވެ.

މިއީ ދިވެހި ރައްޔިތުންނަށްޓަކައި ވެރިއަކަށް ކޮށްދެއްވޭނޭ އަގުހުރި ޚިދުމަތެކެވެ. މިއީ މިއަދު ދިވެހި ޒުވާނުން އެކަމަށްޓަކައި އެންމެ އެދޭ އަދި ދެކެން ބޭނުންވާ ކަންކަމެވެ. މި ހުވަފެން ޙަގީގަތަކަށް ހެއްދެވޭނީ ރައީސް ޢަބަދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެވަނަ ދައުރަކަށް ރައީސްކަމަށް ހޮވިވަޑައިގަތުމުން ކަމަށް ގިނަ ޒުވާނުން އެއްބަސްވެއެވެ.

މަސްވެރިންނަށް އާޖީލެއްގެ ދޯނިފަހަރު އަދި އައިސް ޕްލާންޓްތައް

މަސްވެރިންނަށް އާޖީލެއްގެ ދޯނިފަހަރު އަދި އައިސް ޕްލާންޓްތައް

މަސްވެރިކަމަކީ ދިވެހި އެތައް ރައްޔިތުންގެ ޢާއިލާތަކަށް ފައިސާ ވަންނަ މުހިންމު ދަޢުރެއް އަދާކުރާ ދޮރާއްޓެކެވެ. މަސްވެރިކަމުން ފައިދާ ލިބޭ ބާވަތްތަކުގެ ތެރޭގައި ލޭނުގެ މަސްވެރިކަމާއި، ދޮށީގެ މަސްވެރިކަމާއި، ފަރުމަހުގެ މަސްވެރިކަމާއި، ދިރޭމަސް ބޭރުކުރުން ފާހަގަ ކުރެވޭއިރު ދިވެހިންގެތެރޭގައި އެންމެ މަޤުބޫލު މަސްވެރިކަމަކީ ބޮޑުކަންނެލީގެ މަސްވެރިކަމެވެ.

ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްވަނީ ގިނަރަށްތަކެއްގައި ބަނދަރުހެދުމާއި، އައިސްޕްލާޓްތައް ބެހެއްޓެވުން ފަދަ މަސްވެރިންނަށް ފަސޭހަވާނޭ ގިނަކަންތައްތަކެއް ކޮއްދެއްވާފައެވެ. އަދި މީގެ އިތުރުން ބިދޭސީ ކުންފުނިތަކަށް ދިވެހިރާއްޖޭގެ އީ.އީ.ޒެޑްގައި މަސްވެރިކަން ކުރުމުގެ ލައިސަންސް ބާތިލް ކުރެއްވިއެވެ. އެމަނިކުފާނުގެ ސަރުކާރުގައި %100 ދިވެހިން ޙިއްސާވާ  ކުންފުނިތަކަށް ލޭނުމަސްވެރިކަން ކުރުމުގެ ހުއްދަ ދެއްވިއެވެ. ލޭނު އަޅައިގެން ބާނާ މަހުގެ %80 އަކީ އަތުނަނުގައި ބޭނޭ މަހަށްވުރެ ފުނުގައި ދިރިއުޅޭ ލޯބޮޑު ކަންނެލި ކަމުން ދޮށީގެ މަސްވެރިކަމާއި ބޮޑުކަންނެލީގެ މަސްވެރިކަމަށް ނޭދެވޭ އަސަރެއް ނުފޯރާ، ސީދާގޮތެއްގައި ދިވެހި އިޤްތިޞާދުގެ ތެރޭގައި އޭގެ ފައިދާ ދައުރުވާ މަސްވެރިކަމެކެވެ.

މިއަދު މަސްވެރިންގެ އެންމެ ބޮޑު ޝަކުވާއަކީ ބޮޑުކަންނެލި ގަންނަ އަގުދަށްވެ، އެކަށީގެންވާ ފައިދާއެއް މަސްވެރިކަމުން ނުލިބޭ ވާހަކައެވެ. އެތައްގިނަ ޢާއިލާއެއް މަސްވެރިކަމަށް ބަރޯސާ ވެފައިވާއިރު މަސްވެރިކަމުން ލިބޭ ނަފާ ރަނގަޅުވުމަށް ގިނަ މަސްވެރިންތަކެއްވަނީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ކެމްޕޭން ޓީމްތަކާ މަޝްވަރާ ކޮއްފައެވެ.

ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެވަނަ ދައުރަކަށް ހޮވިވަޑައިގަތުމުން ރީންދޫ އުރަހަ ކަންނެލި ގަންނާނެ އެންމެ ކުޑައަގެއް ކަނޑައެޅޭނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. މަސްވެރިން ބާނާމަހަށް ވަގުތުން ވަގުތަށް ފައިސާލިބޭނެ އިންތިޒާމެއް ފޯރުކޮށްދެއްވުމާއި، އިތުރު އައިސްޕްލާންޓްތައް ބެހެއްޓެވުމާއި އަދި ގިނަ ޢަދަދެއްގެ މަސްފެކްޓްރީތައް ބިނާ ކުރެއްވޭނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ. މަސްވެރިންނަށް ޚާއްސަ އައިޑީކާޑެއް ތަޢާރަފް ކުރަށްވާ މަސްވިއްކުމަށް ކިޢުގައި އޮންނައޮތުން ނިމުމަކަށް ގެނެސްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. މަސްވެރިންނަށް އެސްޓީއޯއާއި މިފްކޯއިން 100 މިލިއަން ރުފިޔާގެ ސްކީމެއް ތަޢާރަފް ކުރައްވާނެކަމާއި އާ ޖީލެއްގެ މުޅިން އާ ދޯނިފަހަރު ތަޢާރަފްކުރަށްވާ އެ ދޯނީތަކުގައި އައިސް ޕްލާންޓްތައް ބެހެއްޓެވުމަކީވެސް އެމަނިކުފާނުގެ ވަޢުދެކެވެ.

ރާއްޖޭގެ ރަށްތަކުގައި ބެންކްތަކާއި އޭޓީއެމް މެޝިން

އިޤްދިޞާދީ މާހިރަކު ޤައުމުގެ ވެރިއެއްގެ ގޮތުގައި ހުންނަވާ ޤައުމު އިޤްތިޞާދީގޮތުން ބާރު ދުވެއްޔެއްގައި ކުރިއަރަމުން އަންނައިރު ރާއްޖޭގެ ކޮންމެ ރައްޔިތަކުވެސް އެދެނީ ބޭންކްގެ ޚިދުމަތް ލިބުމަށެވެ. މިއަދު ރާއްޖޭގެ ކޮންމެ ރަށަކަށް އެރިޔަސް އެރަށެއްގެ ރައްޔިތުންގެ ޝަކުވާއަކީ  ބޭންކްގެ ޚިދުމަތް އެންމެ އެދެވޭ ގޮތުގައި ނުލިބޭތީ އެކަމުގެ ޝަކުވާއެވެ. ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގެ ފަސްއަހަރު ވެގެންދިޔައީ ބެންކްގެ ޙިދުމަތަށްވެސް އެކިގޮތްގޮތުން ތަރައްޤީ ލިބެމުން ދިޔަ ފަސް އަހަރަށެވެ. އެގޮތުން ގެޓްސެޓް ލޯން، އެސް.އެމް.އީ ލޯން، ކަނބަލުންގެ ލޯން ފަދަ ރައްޔިތުންނަށް ބޭނުންވާނެ ތަފާތު ލޯނުތައް ތަޢާރަފް ކުރެއްވިއެވެ. ބެންކްގެ ޚިދްމަތް ނުލިބޭ ރަށްރަށުގައި ދިރިއުޅޭ އުމުރުން 65 އަހަރުން މަތީގެ ރައްޔިތުންނަށް ދެވޭ 5000 ރުފިޔާގެ އެލަވަންސް އެމީހަކު ހުރިތަނަކަށް ގެންގޮސްދެވެއެވެ.

އެމަނިކުފާނުގެ ކުރިއަށްއޮތް ފަސް އަހަރު ރާއްޖޭގެ ވެރިކަމަށް ވަޑައިގައިގަތުމުން އާބާދީގައި 2500 ހިމެނޭ ކޮންމެ ރަށަކަށް ބެންކް ބްރާންޗެއްގެ ޚިދުމަތް ފޯރުކޮށްދެއްވާނެކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އާބާދީގައި 1500 ހަމަވާ ކޮންމެ ރަށަކަށް އޭ.ޓީ.އެމް މެޝިނެއް ބަހައްޓަވައި ދެއްވާނެއެވެ.

މިކަމުގެ ސަބަބުން ބެންކުގެ ޚިދުމަތްހޯދަން ބޮޑެތި ރަށްރަށަށް ދަތުރު ހަދާފައި ދާދިއުމުގެ ތަކުލީފަށް ނިމުންއައިސް އަމިއްލަ ރަށުގައި ހުރެގެން ބެންކުގެ ޚިދުމަތް ހޯދަން ރާއްޖޭގެ ގިނަރައްޔިތުންނަށް ފަސޭހަ ވާނެއެވެ. ތަރައްޤީއަކީ އިންސާނާ އުޅޭވެށީގައި ފަސޭހަ ކަމާއެކު ޙިދުމަތް ހޯދަން ފުރުސަތު ލިބުމެވެ. އިޤްޞާދީ ދުވެލި ހަލުވިވަމުން ދާއިރު ބެންކުގެ ނިޒާމް ހަރުދަނާވުމާއި އިތުރަށް ފުޅާވަމުން ދިއުމަކީ މިދެންނެވި ތަރައްޤީގެ އެންމެ އިސް އަސާސެވެ. މި ކަންކަން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފަސޭހަކަމާއެކު ކޮއްދެއްވާތީ ގިނަ ރައްޔިތުން އެމަނިކުފާނު އިތުރު ދައުރަކަށް ހޮވުމަށް ތާއީދު ކުރެއެވެ.

ކުރިއަރާފައިވާ ދަތުރުފަތުގެ ނިޒާމަށް 11 އެއާޕޯޓް

1972 ވަނައަހަރު ފަތުރުވެރިކަމުގެ ސިނާއަތް ރަސްމީކޮށް ރާއްޖޭގައި ފެށުނުއިރު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދަތުރުފަތުރުގެ ނިޒާމް ހަރުދަނާ ނުވުމެވެ. ފަތުރުވެރިކަމަށް 41 އަހަރު ފުރި ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ވެރިކަމާއި ހަވާލުވަޑައިގެންއިރުވެސް ފަތުރުވެރިކަމަށް އެދެވޭ ހައްލެއް ލިބިފައިނެތީ ދަތުރުފަތުރު ކުރުމަށް ކުރިއެރުންތަކެއް ލިބިފައި ނެތުމުންނެވެ.

ނަމަވެސް އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމާއެކު ދަތުރުފަތުރުކުރުން އެހެން ދަރަޖައަކަށް ގެންދެއްވުމަށްޓަކައި ވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަށްވާފައެވެ. އެގޮތުން 2015 ވަނައަހަރު ރ. އިފުރުގައި އެއާޕޯޓް ރަސްމީކޮށް ހުޅުވައިދެއްވާ އެއަތޮޅުގެ ރައްޔިތުންނަށާއި ފަތުރުވެރިކަމުގައި އުޅުއްވާ ފަރާތްތަކަށް ނަފާ ހޯދޭނޭ މަގު ތަނަވަސް ކޮށްދެއްވިއެވެ.

2013 ވަނައަހަރު ރިޔާސީ ވަޢުދެއް ކަމުގައިވާ ކުޅިދުއްފުށީ އެއާޕޯޓްގެ ޢަމަލީ މަސައްކަތްފެށުމުން ރައްޔިތުންނަށަށާއި ފަތުރުވެރިކަމުގެ ދާއިރާއަށް އުންމީދުތަކެއް އާވިއެވެ. މިހާރުވެސް ހއ. ހޯރަފުށީގެ އެއާޕޯޓްގެ މަސައްކަތް ކުރިއަށްއަށް ދާއިރު އުތުރުގެ ރަށްތަކަށްވަނީ ތަރައްޤީގެ ކުލަޖެހި ރައްޔިތުންގެ އުންމީދުތައް ޙާޞިލް ކުރެވޭނީ ރައީސް އަބްދުﷲ ޔާމީންއަށްކަން ފާޅުގައި އަންގަމުންނެވެ.

ރައީސް ޔާމިން 2018 ގެ ރިޔާސީ ވަޢުދަކީ މ. މުލީގައި އެއާޕޯޓެއް  ތަރައްޤީކުރެވި އޭގެ ފައިދާ މ. އަތޮޅުގެ ރައްޔިތުންނަށް ކުރާނެކަމުގެ ވަޢުދެވެ.  އެމަނިކުފާނުގެ މިދައުރުގައި ށ. ބިލެއްފަހީގައި އެއާޕޯޓް އަޅަން ފެށޭނެ ކަމަށް ވިދާޅުވުމުން އުތުރުގެ އަތޮޅުތަކުގެ ހުނޅަގުބިތުގައި ދިރިއުޅޭ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގެފަސޭހަތައް ލިބުމުގެ އުންމީދު އާވެއްޖެއެވެ. ގދ. ފަރެސްމާތޮޑާގައި 2019 ވަނައަހަރު ބޯޓު ޖައްސާނެކަމަށް ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް  ވިދާޅުވެފައިވާތީ އެސަރަހައްދުގެ ރައްޔިތުން އެމަނިކުފާނުގެ އެވަޢުދު ފުއްދަވާނެކަން ޔަޤީންކުރެއެވެ. ރައީސް ޔާމިން ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފިނަމަ ގއ. ވިލިގިލީގައި ބައިނަލްއަޤުވާމީ ވައިގެ ބަނދަރެއް އަޅުއްވައި ދެއްވާ އެސަރަހައްދު ތަރައްޤީގެ އެހެން ދަރަޖައަކަށް ގެންދަވާނެކަން ރާއްޖޭގެ އެންމެން ޤަބޫލު ކުރެއެވެ.

މާކަނޑުގެ މެދުގައި އެކަނިވެރި އަދި އެކަހެރި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން ތަޢުލީމާއި، ދުޅަހެޔޮ ސިއްޙަތާއި ރަނގަޅު ދަތުރުފަތުގެ ނިޒާމަކަށް ކުރާ އާދޭސް އައްސަވާ، ހދ މަކުނުދޫފަދަ އެކަހެރި ރަށްރަށަށް ވައިގެމަގުން ދަތުރުކުރެވޭނެ ނިޒާމް ޤާއިމް ކޮއްދެއްވާނެކަމަށް ރައީސްގެ ވަޢުދުފުޅުގައި ހިމެނެއެވެ.

ޕީޕީ އެމް ގެ ރަސްމީ ކުަލަ އިދިކޮޅު އެމް.ޑީޕީން ބޭނުން ކުރަމުން ދިއުން

ޕީޕީ އެމް ގެ ރަސްމީ ކުަލަ އިދިކޮޅު އެމް.ޑީޕީން ބޭނުން ކުރަމުން ދިއުން

ޕީޕީއެމްގެ ރަސްމީ ކުލަ ކަމުގައިވާ މެޖެންޓާ ( ފިޔާތޮށި) ކުލައިގެ ފޮތިބޭނުން ކޮށްގެން 2018 ރިޔާސީ އިންތިޚާބުގަ ވާދަކުރާ އެމް.ޑީ.ޕީގެ ކެނޑިޑޭޓް އިބުރާހީމް މުޙައްމަދު ޞާލިހް ގެ ކެންޕޭން ބެނާ ހަދާ އެފަދަ ބެނާތައް މާލެއާއި އަތޮޅުތަކުގައި ދަމަމުންދިއުމަކީ މި ޕާޓީގެ ކެންޕޭނަަށް ޖެއްސުންކުރުމުގެ ގޮތުން  ހިންގާ ޢަމަލެއް ކަމުގައިވާތީ އެފަދަ ކަންކަން ހުއްޓާލުމަށް މިޕާޓީގެ ފަރާތުން ވާނީ ނަޞޭހަތްތެރިވެފައެވެ. ނަމަވެސް ޢާންމު އެންގުމަކާއެކު މިކަން އިދިކޮޅު އެމް.ޑީޕީގެ ސަމާލުކަމަށް ގެނެވުނު ނަމަވެސް އަދިވެސް ހުއްޓުމެއްނެތި މި މަސައްކަތް އެމް.ޑީ.ޕީން ކުރިއަށް ގެންދާތީ ސިޔާސީ ޕާޓީ ތަކުގެ ބެލެނިވެރި ފަރާތްކަމުގައިވާ އިލެކްޝަންސް ކަމިޝަން އަށް މިފާޓީން ވާނީ ރަސްމީކޮށް މި މައްސަލަ ހުށަހަޅާފައެވެ.  ރިޔާސީ އިންތިޚާބުތަކުގެ ޤާނޫނާއި، ޢާންމު އިންތިާޚބު ތަކުގެ ޤާނޫންގައި ވަރަށް ސާފުކޮށް ކެމްޕއިން ކުރުމުގެ ހަމަ ތައް ބަޔާން ކޮށްފައިވީ ހިނދު، މަލްޓިޕާޓީ ޑިމޮކްރަސީގެ އަސާސް ތަކަށް އިދިކޮޅު އެމް.ޑީޕީއާއި އެޕާޓީއާއި ގުޅިފައިވާ ފަރާތްތަކުން ޢަމަލު ކުރާނޭ ކަމަށް އުންމީދު ކޮށް ޕީޕީއެމް އިން އަދި ވެސް އެއްފަހަރު މި އިލްތިމާސް ކުރަނީ ޕީޕީއެމްގެ ކުލަ ބޭނުން ކޮށްގެން ކުރަމުންދާ ކެންޕޭން ހުއްޓާލުމަށެވެ.